ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އޮތް މިދަނޑިވަޅަކީ ސިޔާސީ ދިގު ބަހުސް ތަކެއް ކުރަންވީ ވަގުތެއްނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫ ޝަރީފް ވިދާޅުވީ ގިނަ ބަޔަކު ތިބީ އަތްމަތި ދަތި ފުރާނަ އަތްމައްޗަށް ލައިގެންނެވެ. މިފަދަ ދަނޑިވަޅެއްގައި ދިގު ސިޔާސީ ބަހުސްތަކެއް ނުކޮށް މުހިންމީ އަވަސް ފިޔަވަޅުތަކެއް އެޅުން ކަމުގައި އައްޑޫ ޝަރީފް ވިދާޅުވިއެވެ.
"މިއަދު އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް އެމީހުންގެ އަސާސީ ބޭނުންތައް ފުއްދައިދެވޭނެ މަގު ފަހިކޮށްދިނުމަށް އަޅުގަނޑުމެން އަވަހަށް މަގުފަހިކޮށްދޭންވީ. އަދި މި އެހީ ފޯރުކޮށްދެނީ އެކަމަށް އެންމެ ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ތޯ ކަށަވަރު ކުރަންވީ." މެންބަރު އިބްރާހީމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
ސަރުކާރުން މިވަގުތު ކުރެވެން އޮތް މަސައްކަތެއް ކުރަންވީ ރައްޔިތުން ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުން ސަލާމަތް ކުރުމަށް އެކަނި ނޫންކަމަށާއި އިޤުތިޞާދީ ގޮތުން އަރަމުންދާ ލޮޅުންތައް ކުޑަކުރުމަށާއި އެކަމުން ދިމާވާ މައްސަލަތަކަށް ހައްލު ހޯދައި އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމަށް ވެސް މަސައްކަތް ކުރަންޖެހޭނެ ކަމުގައި އައްޑޫ ޝަރީފް ވިދާޅުވިއެވެ.
"ސަރުކާރުން ހަމައެކަނި މަސައްކަތް ކުރަންޖެހޭނީ ކޮރޯނާ ވައިރަހުގެ ރޯގާ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރުމަކަށް ނޫން.. އެމަސައްކަތާއެކު، މިބަލިމަޑުކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެޅެންއޮތް ފިޔަވަޅުތަކެއް އަޅައި އިޤްތިޞާދަށް މިއައި ހީނަރުކަމުގެ ސަބަބުން ރައްޔިތުންނަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކޮށް އެކަން ހައްލު ކުރުމަށްވެސް މަސައްކަތް ކުރަންޖެހޭ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވަނީ އިއްޔެ އޮތް ރައްޔިތުންގެ މަޖިީހުގައި ވެސް މިމައްސަލައިގާ ވަރަށް އަސަރާއެކު ވާހަކަ ދައްކަވައި މެންބަރުންގެ ސަމާލު ކަމަށް މިކަން ގެނައުމަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން ކޯވިޑް-19 ގެ ސަބަބުން ޤައުމަށް ދިމާވެފައިވާ މާލީ ދަތިކަން ހައްލުކުރުމަށް ރާއްޖޭގެ މަރުކަޒީ ބޭންކުން ދަރަނި ނެގުމާއި ގުޅޭ ގޮތުން މިހާރު ގާނޫނުގައި ހުރި ހުރަސްތައް ނައްތާލުމަށް މާލީ ވަޒީރު މަޖިލީހަށް ހުށައަޅުއްވާފައިވާ، މައްސަލައިގެ ބަހުސް އަވަސްކޮށް އެކަމަށް އަވަސް ގޮތްތަކެއް ނިންމަވައިދެއްވުމަށް ވެސް ޝަރީފް ވަނީ ގޮވާލައްވާފައެވެ. ޝަރީފު ވަނީ މިކަމުގައި އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު އޮތްކަން ހާމަ ކުރައްވައި ވާހަކަ ދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު