ކްލައިމެޓް އެކްޓިވިސްޓް، ގްރެޓާ ތަންބަރގް
ކްލައިމެޓް އެކްޓިވިސްޓް، ގްރެޓާ ތަންބަރގް
ސައިންސްވެރިންގެ ނަސޭހަތް އަޑުއަހައި، ކޯވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް ހުރިހާ ގައުމުތަކެއްގެ ވެރިން އެއްބައިވަންތަވުމަށް 17 އަހަރުގެ ކްލައިމެޓް އެކްޓިވިސްޓް، ގްރެޓާ ތަންބަރގް ގޮވާލައިފިއެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި "އަރތް ޑޭ" ފާހަގަކުރުމަށް އޮންލައިންކޮށް ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ގްރެޓާ ބުނީ މޫސުމަށް ދިމާވެފައިވާ މައްސަލަތަކަކީ ކޯވިޑް-19 ފަދައިން ވަގުތުން ވަގުތަށް ސަމާލުކަން ދޭންޖެހޭ މައްސަލައަކަށް ނުވިނަމަވެސް، މިހާރުން މިހާރަށްވެސް މި ބަލިމަޑުކަމާއި ދެކޮޅަށް ފިޔަވަޅުތައް އަޅަން ޖެހިފައިވާކަމަށެވެ. އަދި ގްރެޓާ ވަނީ ގައުމުތަކުގެ ވެރިންގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތައް އެކަހެރިކޮށް، މުސްތަގުބަލަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ.

ގްރެޓާ އިތުރަށް ބުނީ ބަލިމަޑުކަމެއްގައި ވިޔަސް، މޫސުމާއި ބެހޭ ކަންކަމުގައި ވިޔަސް، ސައިންސްވެރިންގެ ވާހަކަތަކާއި ނަސޭހަތް އަޑުއަހަން ޖެހޭ ކަމަށެވެ. އަދި ލޮކްޑައުން އާއި ގުޅިގެން މޫސުމަށް ހެޔޮ ބަދަލުތަކެއް އައިނަމަވެސް، އެއީ ދެމި އޮންނާނެ ބަދަލުތަކެއް ކަމަށް ގަބޫލުނުކުރާކަމަށް ގްރެޓާ ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން