ދުނިޔޭގެ ޞިިިިއްޙަތު ޖަމިއްޔާގެ އިސް ވެރިން
ދުނިޔޭގެ ޞިިިިއްޙަތު ޖަމިއްޔާގެ އިސް ވެރިން
ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އެހީތެރިވުމަށްޓަކައި އިތުރު 30 މިލިޔަން ޑޮލަރުގެ އެހީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް ދިނުމަށް ނިންމާފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން މީގެ ކުރިން ވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް ކުރާ ހަނގުރާމައަށް އެހީތެރިވުމަށް 20 މިލިއަން ޑޮލަރުގެ އެހީއެއް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އަށް ދީފައެވެ. އެހެންކަމުން މިއަދު މި ފޯރުކޮށްދިން 30 މިލިޔަން ޑޮލަރުގެ އެހީއާއިއެކު މި ކާރިސާއިން އަރައިގަތުމަށް ޗައިނާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް ފޯރުކޮށްދިން އެހީގެ ޢަދަދު މިވަނީ 50 މިލިއަން ޑޮލަރަށް އަރާފައެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގެންގ ޝުއާން މިއަދު ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެހީތެރިވުމަށްޓަކައި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް އިތުރު 30 މިލިޔަން ޑޮލަރުގެ އެހީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޗައިނާ އަކީ ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ހުއްޓުން އެރުމުގެ ސަބަބުން ދަޢުލަތުގެ ޢާމްދަނީ އަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. މިކަން ފޭބެއްދުމަށްޓަކާ އެމްއެމްއޭއިން 4.2 ބިލިއަން ރުފިޔާ ދަރަންޏަށް ނެގުމުގެ ހުއްދައަކަށް އެދި މާލީ ވަޒީރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

މި މައްސަލާގައި މަޖިލީހުގެ މެމްބަރުންގެ ޚިޔާލު ތަފާތުވެފައިވާއިރު، އިދިކޮޅު ޕީޕީއެއް ޕީއެންސީ ކޯލިޝަނުން ގެންދަނީ ޗައިނާގެ އެހީތެރިކަން ހޯދުމަށް ސަރުކާރަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން