މިސްކިތްތައް ބަންދުކުރަން ޖެހުނަސް ﷲ އަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާއެކު ހުޅުވިފައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ރައީސް ޞާލިޙް ވިދާޅުވީ، މި ނުރައްކާތެރި ދަނޑިވަޅުގައި ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލު ކުރި ކަމީ މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ލެއްވި ވަރަށް މަތިވެރި ނަސީބެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ، "މާތްވެގެންވާ އިސްލާމްދީން ބާރު އަޅަނީ ކެތްތެރިވެ ސަބަބުތަކުގައި ހިފުމާއެކު ﷲ ގެ ޙަޟްރަތުން މަދަދާ ވާގިވެރިކަމަށް އެދުމަށް،" ކަމަށެވެ.
ރަމަޟާން މަހަކީ ޤުރުއާން ކިޔެވުމާއި، ދުޢާކުރުން ގިނަކޮށް އަނެކުންނަށް ދީލަތިވެ އެހީފޯރުވުމުގެ މައްސަރު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މުހިއްމު ދުވަސްތައް އަޅުގަނޑުމެން ހޭދަ ކުރަންވީ ކޯވިޑް-19 ގެ ބަލިމަޑުކަން އަޅުގަނޑުމެންގެ ތެރެއިން ފިއްލަވާ، އަޅުގަނޑުމެންގެ ޢާއްމު ޙާލަތަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަށް ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި މައްސަރުގައި އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތް ސިފަ ކުރިއަށް ނެރެ، ދުވަސްވީމީހުންނާއި ބަލި މީހުންނަށް ހެޔޮ ފޯރުވައި އުޅުމަށް އިސްކަންދިނުމަށްވެސް އެދިވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މި ބަރަކާތްތެރި މައްސަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އިޚްލާޞްތެރި ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުވާފައެވެ. އަދި އެމަނިކުފާނުގެ ޚިޠާބުގައި މި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންނަށް ވެސް ވަނީ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްވި ޚިޠާބުގައި މިއަހަރުގެ ރަމަޟާން މަސް ބައްދަލުކުރި މި ދުވަސްވަރަކީ، މިއިން ޒަމާނެއްގައިވެސް އިންސާނުން ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ އިމްތިޙާނަކާ ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައިކަން ފާހަގަ ކުރެއްވިއެވެ.
މުޅި ދުނިޔޭގެ އިޤްތިޞާދު ދަށްވުމުގެ ނަތީޖާ ރާއްޖެއަށްވެސް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން، ކުރިމަތިވެފައިމިވާ ދަތި ޙާލަތުގައި، އަނެކުންގެ ހިތާމަތައް ފިލުވައިދީ، ދީލަތިވެ އެހީތެރިކަން ފޯރުވުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައިވެސް ސަމާލުކަން ދޭންޖެހޭ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު މި ދަތިކަން ތަޙައްމަލުކުރުމަކީ، މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގުކަމަށާއި ރާއްޖެއިން ކޯވިޑް-19 ގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ، އިޤްތިޞާދީ ޙަރަކާތްތައް ވެސް ނުފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، މި އުނދަގޫ ދަތި ޙާލަތުގައިވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަން ކާމިޔާބު ކުރުމުގައި ރައްޔިތުންގެ އަތުގައި ހުރި ފުދުންތެރިކަމާއި ވަސީލަތްތައް، އެންމެ ފުރިހަމައަށް އިޤްތިޞާދުކޮށް، އިސްރާފުކުރުމާ މިވަގުތު މުޅިން ދުރުހެލިވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ބޭކާރު ޚަރަދުތައް ހުއްޓާލުމާއި ފަހަށް ރައްކާކުރުމުގެ މަތިވެރި ސިފަ ހަރުލެއްވުމަށް، މި ޙާލަތުގެ ބޭނުން ހިފުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މިދުވަސްކޮޅު ގިނަބަޔަކު ގެއިން ނުނިކުމެ ތިބެން ޖެހުނަސް، އެހުރިހާ އެންމެންގެ ޙައްޤުގައި ޢާއިލާއާއި ގާތްތިމާގެ މީހުންނާ ވަކިންތިބެ، ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި، ޑެލިވަރީގެ ޚިދުމަތް ދޭ މީހުންނާއި، އެނޫންވެސް ކިތަންމެ ބަޔަކު، ކުރަމުން އެދަނީ، އަޅުގަނޑުމެންނަށް އެކަންކަމުގެ އަގު އަދާކުރެވޭ ވަރަށްވުރެ މަތިވެރި ޚިދުމަތްތަކެއްކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނުގެ ޚިޠާބު ނިންމަވާލައްވާފައި ވަނީ އަޅުގަނޑުމެން އެންމެނަށް މި މައްސަރުގެ މަތިވެރި ޘަވާބާއި ދަރުމަ މިންވަރުކޮށްދެއްވުމަށާއި އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ اللهُ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ދުޢާ ދަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު