ކޯވިޑް-19 އަށް ޓެސްޓުކުރާ ދެވަނަ މެޝިނެއް ގެނެސް ޓެސްޓުކުރުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އަޒީޒް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސްގައި ބޭނުންކުރާ ޕީސީއާރު މެޝިނެއް ކޯވިޑް-19 ގެ ޓެސްޓުތައް ހަދަން ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. މަބްރޫކު ވިދާޅުވީ އެ މެޝިނުން ފުރަތަމަ ދުވާލަކު 50 އެއްހައި ޓެސްޓު ހެދޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރު ވާނެ ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ފުލުހުންގެ ފޮރެންސިކް ލެބުގައި މަސައްކަތްކުރާ ޓެކްނޮލަޖިސްޓުންވެސް ކޯވިޑް-19 ގެ ޓެސްޓުތައް ހެދުމުގައި ބައިވެރިވާނެ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ 5000 ކިޓު ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެ ކިޓުތައް މިހާރު އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުން މިއަދު ބުނީ އެ ހޮސްޕިޓަލުން މިހާރު 300 ޓެސްޓު ދުވާލެއްގެ މައްޗަށް ހެދޭ ކަމަށެވެ.
މީގެ އިތުރުން އިތުރު 10000 ޓެސްޓު ކިޓު ޗައިނާގެ ވިޔަފާރިވެރިއެއްގެ އެހީގައި ލިބޭނެ ކަމަށް އެންއީއޯސީ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު