ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ބުނީ މިރޭ އިތުރު 14 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެއާއެކު މިއަދު މާލެއިން 23 މީހަކު ކޯވިޑް-19 އަށް ފައްސިވެފައި ވާއިރު، މާލެއިން މުޅި ޖުމްލަ 89 މީހަކަށް ވަނީ ބަލި ޖެހިފައެވެ. އަދި ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 108 އަށް އަރައިފައެވެ.
އޭގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި، 64 ބިދޭސީންނެވެ. ރާއްޖެއިން ބަލި ޖެހިގެން ރަނގަޅުވީ މީހުންގެ ޖުމްލަ ޢަދަދު އުޅެނީ 16 ގައެވެ.
މާލޭގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތްކަން އިއުލާނުކޮށް 14 ދުވަހުގެ ލޮކްޑައުން އެއް އިއުލާނުކޮށްފައިވާއިރު، ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ފަރުޟު ނަމާދުތަކުގެ ޖަމާޢަތް ހެދުން ވަނީ މަނާކޮށްފައެވެ. އަދި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު