ޞާދިރު ޢަލީދީދީ   24 އޭޕްރީލު 2020 - 17:47
ޒުވާރި ފަތަފޮޅި
ޒުވާރި ފަތަފޮޅި
ބޭނުންވާ ތަކެތި:

3/4 ގެ ފެނުކެއްކި ޒުވާރިއޮށް، 1/4 ފެނުކެއްކި ޒުވާރިއޮށް، 2 އަލުވި (މެދުމިނުގެ/ ފެނުކައްކާފައި ޗިސްކޮށްފައި)، 1/2 ފާރޮށިކުނޑި، 2 ފެހި ތޮޅިމިރުސް(ކޮށާފައި)، 1/4 ސައިސަމުސާ ގޭނި އިނގުރު، 4 ލޮނުމެދު(ކުދިކޮށް ކޮށާފައި)، 4 މޭޒުމަތީ ސަމުސާ ކޮތަންބިރިފަތް(ކުދިކޮށް ކޮށާފައި)، 1/4 ސައިސަމުސާ ގަރަމް މަސާލާ، 1 މޭޒުމަތީ ސައިސަމުސާ މުގުރި ހިކިމަސް، 2 ސައިސަމުސާ ލުނބޯހުތް، ލޮނު، ތެޔޮ.

ތައްޔާރު ކުރާނެގޮތް:

ފެނުކައްކާފައިހުރި 3/4 ޖޯޑު ޒުވާރިއޮށާއި އިނގުރާއި ލޮނުމެދާއި މިރުސް އެހާބޮޑަށް ހިމުން ނުވާނޭހެން މުގުރާލާށެވެ. އެއަށްފަހު، ޗިސްކޮށްފައި ހުރި އަލުވި ތަށްޓަކަށްއަޅާށެވެ. ދެން އޭގެ ތެރެއަށް ކުރިން މުގުރި ޒުވާރި އަޅުމަށް ފަހު ނުމުގުރާ ހުރި 1/4 ޖޯޑު ޒުވާރިއޮށާއި ފާރޮށިކުނޑިއާއި ކޮތަންބިރިފަތާއި ގަރަމް މަސާލާއާއި މުހުރި ހިކިމަހާއި ލުނބޯހުތާއި ލޮނު އެޅުމަށްފަހު އެއްކޮށްލާށެވެ.

އެއަށްފަހު އަތްތިލައިގެ ކުޑަތެޔޮގޮދެއް ހޭކުމަށްފަހު އެއިން 12 ގުޅަ ވަށާށެވެ. އަދި އެގުޅަތައް އޮއްބައި މަސްރޮޓެއްހެން ފަތާކޮށްލާށެވެ.

ދެން ތަވަޔަށް 2 މޭޒުމަތީ ސަމުސާ ކައްކާތެޔޮ އެޅުމަށްފަހު އުނދުނުގައި ބަހައްޓާށެވެ. އަދި ހޫނުވުމުން ފަތަފޮޅިތައް ތެލުލަން ތަވަޔަށް އަޅާށެވެ. ތެލުލާނީ ފަތަފޮޅީގެ ދެފުށްވެސް ރަންމުށިކުލަ އަރަންދެންއެވެ. އެގޮތުން ކޮންމެ ފުށެއްވެސް ދެތިން މިނިޓުވަންދެން ތެލުލާށެވެ.

ރަނގަޅަށް ތެލުލެވުނީމާ ތަވައިން ނެގުމަށް ފަހު ތަށްޓަކަށް ޓިޝޫ އެއް ލުމަށްފަހު އެއަށް ފަތަފޮޅިތައް އަޅާށެވެ. އަދި އޭގައި ހުރި ތެޔޮކަން ޓިޝޫ އިން ފޮހެލާށެވެ. އެއަށްފަހު އެހެރީ ޒުވާރި ފަތަފޮޅި ތައްޔާރު ކުރެވިފައެވެ. އެމީހަކު ބޭނުން ސޯސްއަކާއެކު ކާންވީއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޭއިބުރާހިމް

24-Apr-2020

ހާދަ ހީވޭއޭ މީރުވޭހެން. މިއަދު ވާނެ ތި ތައްޔާރު ކުރުވަން.



ޓްރެންޑިން