މާލޭގައި މިފަހަރު ޒަކާތް ބަލައިގަތުން އޮންލައިންކޮށް
މާލޭގައި މިފަހަރު ޒަކާތް ބަލައިގަތުން އޮންލައިންކޮށް
މިއަހަރުގެ ފިތުރު ޒަކާތް މާލެ ސިޓީގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްއެމްއެސް އާއި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރުގެ ފިޠުރު ޒަކާތް އެ މިނިސްޓްރީގެ ހޯލުން މިފަހަރު ބަލައި ނުގަތުމަށް ނިންމައިފައެވެ. ނަމަވެސް ރަމަޟާން މަހުގެ ތެރޭގައި އާންމު ހާލަތަކަށް ގޮސްފި ނަމަ، އެހެން އަހަރުތަކެކޭ އެއްފަދައިން މިނިސްޓްރީގެ ހޯލުން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

ދިރާގުން ނަމަ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަނުންނާއި އެސްއެމްއެސް މެދުވެރިކޮށެވެ. އަދި އުރީދޫން ނަމަ އުރީދޫ އެމް ފައިސާ އެޕްލިކޭޝަނުންނާއި އެސްއެމްއެސް މެދުވެރިކޮށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އެ ބޭންކުގެ ވެބްސައިޓު މެދުވެރިކޮށެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން އޮންލައިން ބޭންކިންގ، "ފައިސާ ނެޓް" އާއި މޯބައިލް ބޭންކިން، "ފައިސާ މޮބައިލް" މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލުތަކުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން