އެމްޓީސީސީން ކުރިއަށް ގެންދިޔަ ތ.. މަޑިފުށި ތޮށި ހެދުމުގެ މަސައްކަތް
އެމްޓީސީސީން ކުރިއަށް ގެންދިޔަ ތ.. މަޑިފުށި ތޮށި ހެދުމުގެ މަސައްކަތް
ކޯވިޑް-19 އާއި ގުޅިގެން ޕީއެސްއައިޕީގެ ތެރެއިން ނުފަށައި ހުރި މަޝްރޫއުތައް މަޑުޖައްސާލަން ސަރުކާރުން ނިންމަވައިފި ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ދަށުން ޓެންޑަރ ނުކޮށް ހުރި ޕްރޮޖެކްޓްތައް މަޑުޖައްސާލެވިފައި ވާ ކަމަށެވެ. އަދި މިކަން މިގޮތަށް ކޮށްފައިވަނީ ހަރަދު ކުޑަކުރަން އަޅާފައިވާ ފިޔަވަޅުގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޭޝް ފްލޯއަށް ވަނީ ބޮޑު ބަދަލެއް އައިސްފައިކަން ފާހަގަ ކުރަށްވަމުން މިވަގުތު ދަޢުލަތަށް އިގްތިސޯދީ ގޮތުން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސް ބޭނުންވާ ކަމަށް އަމީރު ވިދާޅުވިއެވެ.

"ކޭޝް ފްލޯ ހަމަޖައްސަން އެކި ފިޔަވަޅުތައް ދަނީ އަޅަމުން. އެންމެ މުހިއްމު ކަމަކީ ދައުލަތުގެ ހަރަދު ކުޑަކުރުމާއި، ހިލޭ އެހީ ހޯދަން ވެސް މިދަނީ މަސައްކަތް ކުރަމުން. ޓީ ބިލް ވިއްކައިގެން ފައިސާ ހޯދުމަށާއި ލޯނު ހޯދަން ވެސް ދަނީ މަސައްކަތް ކުރަމުން." އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދަތުރުފަތުރުން 30 އިންސައްތަ ކުޑަކުރުމާއި، އެއްގަމު އުޅަނދުފަހަރު ނުގަތުމާއި، ޓްރެއިނިންއަށް ކުރާ ހަރަދު 30 އިންސައްތައަށް ކުޑަކުރަން މިހާރު ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި މާލީ ވަޒީރުގެ ހުއްދަ ނެތި 35،000 ރުފިޔާއިން މަތީގެ އެއްވެސް ޚަރަދެއް ނުކުރުމަށް ސަރުކާރު އޮފީސްތަކަށް އަންގަވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ޑެޕިއުޓީ މިނިސްޓަރުން ފެށިގެން މަތީގެ ހުރިހާ އެންމެންގެ މުސާރައިން 20 އިންސައްތަ އުނިކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ހިމެނެއެވެ.

އަމީރު ވިދާޅުވީ އެއާއެކު ދަޢުލަތުގެ ރިކަރަންޓް ޚަރަދު 30 ބިލިއަނަށް ކުޑަކުރެވޭނެ ކަމަށެވެ. ރިކަރަންޓް ޚަރަދު ކުޑަކުރަން ނިންމުމުން ޖުމްލަ ޚަރަދު މިހާރު ހުންނާނީ 28.2 ބިލިއަނުގައި ކަމަށާއި، ފައިނޭންސިން ގެޕް 15 އިންސައްތަ އަށް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

މިއަހަރު ދައުލަތުގެ ދަރަނި ވެސް އިތުރުވެގެންދާނެ ކަމަށް އަމީރު މިއަދު ވިދާޅުވިއެވެ. މިއަހަރަށް ފާސް ކުރި ބަޖެޓުގައި ދަރަނީގެ ގޮތުގައި ހިމެނެނީ 57 ބިލިއަން ރުފިޔާ ކަމަށާއި، މިހާރު ގެރެންޓީ ނުހިމަނާ ވެސް 70.4 ބިލިއަނުގައި ދަރަނި ހުންނާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން