ހުޅުމާލެ މަތިން ފެންނަ ފޮޓޯއެއް- ފުޓްބޯޅަ ސްކޫލް ހުންނަނީ ހުޅުމާލޭގައި
ހުޅުމާލެ މަތިން ފެންނަ ފޮޓޯއެއް- ފުޓްބޯޅަ ސްކޫލް ހުންނަނީ ހުޅުމާލޭގައި
ކޯވިޑް-19 ގެ ސަބަބުން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ ވަގުތީ ބޯހިޔާވަހިކަމަށް، ހުޅުމާލޭގައި ހުންނަ ފުޓްބޯޅަ ސްކޫލް ބޭނުންކުރަން ފަށައިފިއެވެ.

ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، އެކިކަންކަމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެތަނުގެ ބޭނުން މިހާރު ހިފަމުންދާ ކަމަށެވެ.

މިމަސައްކަތަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙާއި އަދި ނައިބުރައީސް ފައިސަލް ނަސީމްގެ އިތުރުން އެ ވުޒާރާގެ ޓީމުން ޚާއްޞަ އިސްކަމެއްދީގެން ކުރެއްވި މަސައްކަތެއްކަންވެސް މަހްލޫފްވަނީ ފާހަގަ ކުރަށްވާފައެވެ.

ހުޅުމާލޭ ފުޓްބޯލް ސްކޫލްގެ 24 ކޮޓަރީގެ މަސައްކަތް މުޅިން ނިންމައި ބޭނުންކުރަން މިހާރު ފަށާފައިވާއިރު، މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަށާފައިވާ މަސައްކަތެކެވެ.

މިހާތަނަށް 124 އަށް ވުރެ ގިނަ މީހުންނަށް ސަރުކާރުން އެހީތެރިވެދީފައިވާ ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމެއް ދިމާވެއްޖެނަމަ ޖެންޑަރ މިނިސްޓްރީގެ ހޮޓްލައިން 1412 އަށް ގުޅުމަށް އެ މިނިސްޓްރީންވެސް ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން