ރާއްޖެއިން އުމުރުން ހަތަރު އަހަރުގެ ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ އެކުޑަ ކުއްޖާއަކީ ރާއްޖޭން ޕޮޒިޓިވްވި 112 ވަނަ ބަލި މީހާ ކަމަށެވެ.
އަދި އެއީ ސްރީލަންކާގެ އަންހެން ކުއްޖެއް ކަމަށް ވެސް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.
ޑރ. އަފްޒަލް ވިދާޅުވީ އެކުއްޖާއަކީ ކުރީގެ ކްލާސްޓާއަކާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފެނިފައިވާ ކޭސް އެއް ކަމަށެވެ.
މީގެއިތުރުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 12 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 60 އަހަރުގެ އަންހެނަކު ހިމެނޭކަން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްފީއޭއިން ހާމަކޮށްފައި ވެއެވެ.
ކޯވިޑް-19 އަށް މިހާތަނަށް 128 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ 60 ދިވެހިންނާއި، 68 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު