މިރޭގެ ނޫސްކޮންފަރެންސްގައި މަބްރޫކާއެކު ޑޮކްޓަރުންގެ ޓީމުގެ ތިން ބޭފުޅުން
މިރޭގެ ނޫސްކޮންފަރެންސްގައި މަބްރޫކާއެކު ޑޮކްޓަރުންގެ ޓީމުގެ ތިން ބޭފުޅުން
ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ ދެ މީހަކު ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ފެނުނު ކޭސްތަކުގެ ތެރެއިން ކޭސް 17 އާއި ކޭސް 19 ބަލި ރަނގަޅުވެ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މި ދެ މީހުންނަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދެމީހުންނެވެ. އެމީހުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ރާއްޖެއިން ބޭރުން އަންނަ ދިވެހިން ކަރަންޓީނު ކުރާ އުސޫލުން ކަރަންޓީނުގައި ތިއްބައި ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ހެދުމުންނެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ ކޭސް ނަންބަރު 18 ވެސް ބަލި ރަނގަޅުވެފައިވާ ކަމަށާއި އޭނާގެ ދެ ޓެސްޓު ޑަބަލް ނެގެޓިވްވީ ނަމަވެސް އަދި އިތުރު ޓެސްޓެއް ހެދުމަށްފަހު ނޫނީ ޑިސްޗާޖު ނުކުރާނެ ކަމަށެވެ.

"ކޭސް ނަންބަރު 18 ވެސް މިހާރު ރިކަވާޑް. އޭގެ މާނައަކީ ޓެސްޓުތައް ޑަބަލް ނެގެޓިވް. ދެން އިން ޓެސްޓެއް ހަދާނީ 12 ވަނަ ދުވަހު. ބައެއް ކޭސްތަކުގައި، ބަލިކޮށް އުޅުނުއިރު ވައިރަލް ލޯޑު ހެވީކަމަށް ވަންޏާ، ޑޮކްޓަރުންގެ ޓީމުން ނިންމާފައިވަނީ އެމީހުންގެ ރިކަވަރީ ޑަބަލް ނެގެޓިވް ވިޔަސް އޮބްޒަވޭޝަންގައި ބައިތިއްބާފައި ޓެސްޓު ހަދާފައި ދޫކޮށްލަން،" މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 128 މީހުން ކޯވިޑް-19 އަށް ޕޮޒިިޓިވްް ވެފައިވާއިރު ރަނގަޅުވި މީހުންގެ އަދަދު މިހާރު މިވަނީ 18 އަށް އަރައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން