ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ހުދުރަންފުށި ރިސޯޓު ދިނުމަށް، އެ ރިސޯޓުން ސަރުކާރަށް ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުދުރަންފުށި ހިންގާ އެއިޓްކަން ސްޕެންސްގެ ހެރީ ޖަޔާވަރުދަނަ އެމަނިކުފާނާ ގުޅުއްވައި އެ ރިސޯޓް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ހުށަހަޅައިފައިވާ ކަމަށެވެ.
"އެ ހުށަހެޅުން އަޅުގަނޑު މިހާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައި. މިފަދަ އުނދަގޫ ދަނޑިވަޅުގައިވެސް ހެރީ އާއި، ލަންކާގެ އިންވެސްޓަރުން އަޅުގަނޑުމެންނާއެކު ތިއްބެވީތީ އެބޭފުޅުންނަށް ޝުކުރުދަންނަވަން" ރައީސް ނަޝީދުގެ ޓުވީޓްގައި ވެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޚިދުމަތް ހުއްޓާލާފައިވާ ގިނަ ރިސޯޓުތަކެއް ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ސަރުކާރުން އަންނަނީ ބޭނުންކުރަމުންނެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު މިހާރު ވެސް ކަރަންޓީން ފެސިލިޓީ ތަކުގައި 1329 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 125 މީހަކު އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

Harry Jayawardena from Aitken Spence called & offered Govt use of his resort on Hudhuranfushi to help with COVID-19 efforts. I’ve passed on his kind offer to HEP @ibusolih. Big thanks to Harry and all Sri Lankan investors for sticking with us during this difficult time. 🇲🇻 🇱🇰 ✊🏽
— Mohamed Nasheed (@MohamedNasheed) April 24, 2020
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި ޚިދުމަތް ހުއްޓާލާފައިވާ ގިނަ ރިސޯޓުތަކެއް ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ސަރުކާރުން އަންނަނީ ބޭނުންކުރަމުންނެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު މިހާރު ވެސް ކަރަންޓީން ފެސިލިޓީ ތަކުގައި 1329 މީހަކު އެބަތިއްބެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 125 މީހަކު އެބަތިބި ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު