މުޙައްމަދު ދީދީ   25 އޭޕްރީލު 2020 - 4:32
މުރަނގަލުވި
މުރަނގަލުވި
ބޭނުންވާ ތެކެތި

2 ޖޯޑު މުރަނގަ ފަތް

8 އަލުވި (މެދު ސައިޒުގެ)

1 ފިޔާ

3 ކަރި ލޮނުމެދު

2 ސައިސަމުސާ ގޭނި އިނގުރު

2 ސައިސަމުސާ މުގުރި ކޮތަނބިރި

2/1 ސައިސަމުސާ ރީނދޫ

2/1 ސައިސަމުސާ މުގުރި މިރުސް ނުވަތަ ކޮށާފައި ހުރި ހިކިމިރުސް

3 މޭޒުމަތީ ސަމުސާ ކައްކާތެޔޮ

1 ނުވަތަ 2/1 މޭޒުމަތީ ސަމުސާ މުގުރި ހިކިމަސް

ރަހަލާ ވަރުގެ ލޮނުކޮޅަކާއި މުގުރި އަސޭމިރުސްކޮޅެއް

ކޮތަނބިރި ފަތްކޮޅެއް (ނިންމާފައި މަތީގައި އަތުރާލަން)

ތައްޔާރުކުރާނެ ގޮތް

އަލުވިތައް ދޮވެލާފައި ހަފާލަން ހެޔޮވަރު ސައިޒަށް ކޮށާލާށެވެ. އެއަށްފަހު ފިޔަޔާއި ލޮނުމެދުތައް ކޮށާލާށެވެ. ދެން މެދުގިނީގައި ބަހައްޓައިގެން ތަވަޔަށް ތެޔޮފޮދެއް އަޅާށެވެ. އަދި އޭގެ ތެރެއަށް ފިޔާތައް އަޅައިގެން 15 މިނެޓު ވަންދެން ދަބަކުން ހަލުވަމުން ދާށެވެ. އެއަށްފަހު އޭގެ ތެރެއަށް ލޮނުމެދާއި އިނގުރު އަޅައިގެން ދެތިން މިނެޓު ވަންދެން ކައްކާށެވެ. ދެން އޭގެ ތެރެއަށް އަލުތްވާއި ހިކިމަސް އެޅުމަށްފަހު ކުޑަކޮށް ހަލުވާލާފައި ތަވާގެ މަތިޖަހާށެވެ. އަދި އުނދުނުގެ ގިނި ކުޑަކޮށް މަޑުކޮށްލާށެވެ. އަލުވިތައް ރީތިކޮށް ފިހެވެންދެން އެގޮތަށް ބަހައްޓާށެވެ. ދެން 15 މިނެޓު ވީމާ މަތި ނަގާފައި އޭގެ ތެރެއަށް މުރަނގަފަތާއި ރީނދުލާއި ކޮތަނބިރިއާއި މުގުރި މިރުސް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ދެތިން މިނެޓު ވަންދެން މަތި ޖަހާފައި ބަހައްޓާށެވެ. ދެތިން މިނެޓު ވީމާ މަތި ނަގާފައި ރަހަލާވަރަށް ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި އެއަށްފަހު އޭގެ މައްޗަށް ކޮތަނބިިރިފަތްކޮޅު ވިއްސާލާށެވެ. އުނދުން ނިއްވާލުމަށްފަހު ތައްޓަކަށް އަޅައިގެން ކާންފަށަންވީއެވެ. އެކަމަކު އެހެން ބުންޏަސް މިއީ ރޯދަމަސްކަން ހަނދާންކުރަންވާނެއެވެ.

ލިޔެ އެކުލަވާލީ: މުޙައްމަދު ނާޖިހު

މައުލޫމާތު: www.savoryspin.com


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން