ދައުލަތުގެ އޯޑީ ފެސިލިޓީ އޯވަރޑްރޯކޮށް މަރުކަޒީ ބޭންކުން 4.2 ބިލިއަން ރުފިޔާގެ ދަރަނި ނެގުމަށް ހުށައަޅާފައިވާ މައްސަލަ ދިރާސާ ކުރާނީ މުޅި މަޖިލީސް ހިމެނޭ ކޮމިޓީއަކުން ކަމަށް އެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރަށް ދަރަންޏަށް ފައިސާ ނެގޭ މިންވަރަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަށް 220 މިލިއަން ރުފިޔާ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު ވަނީ 4.2 ބިލިއަން ރުފިޔާއަށް އެ ލިމިޓް މަތި ކޮށްދިނުމަށް އެދިވަޑައިގެން މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވަޒީރު އެދިވަޑައިގެންފައިވާ އިސްތިސްނާގެ ހުއްދައަށް އެދެވޭނެ ކަމަށް ގާނޫނުގައި ބަޔާން ކުރި ނަމަވެސް މިއީ މަޖިލީހުގައި މުޅިން އަލަށް ކުރެވޭ ކަމެއް ކަމަށެވެ.
"މިއީ މި މަޖިލީހުގައި މުޅިން އަލަށް ކުރަން އުޅޭ މަސައްކަތެއް، ގާނޫނުގައި އެ ބަޔާން ކުރާ ދެ ހާލަތު ވެސް، ގުދުރަތީ އަދި އިޤްތިޞާދީ ކާރިސާއެއް ވެސް އޮތް ކަން ޔަގީން، އަޅުގަނޑު ދެކެނީ އިއްޒަތްތެރި މެންބަރުން މި މައްސަލަ ބަހުސް ކުރުމަށް ފަހުގައި މުޅި މަޖިލީހުގެ ކޮމިޓީއަކުން މި ކަން ދިރާސާ ކުރުން." ނަޝީދު ވިދާާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ ގޮތުގައި މިއީ މަޖިލީހުގެ ތާރީޚުގައި ހިންގޭނެ އެންމެ ބޮޑު އަދި އެންމެ މުހިއްމު ބަހުސެވެ. މައްސަލައަށް މިހާތަނަށް ބަހުސް ކުރެއްވި ބައެއް މެންބަރުން ބޭނުންފުޅު ވަނީ ވީހާވެސް އަވަހަށް ސަރުކާރަށް އެ ހުއްދަ ދިނުމަށެވެ. ދެން ތިއްބެވި ބޭފުޅުން އެ ހުއްދަ ދެއްވަން ބޭނުންވަނީ ޚަރަދު ކުރާނެ ގޮތުގެ ތަފްސީލް ހޯއްދެވުމަށް ފަހުއެވެ. މި މައްސަލާގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޚިޔާލު ވަނީ ތަފާތުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު