ހަސަން ލަތީފް
ހަސަން ލަތީފް
ބަޔަކު ކޮށްފާނެ ނުރަނގަޅުކަމެއްގެ އިލްޒާމުގެ ޒައްރެއްގެ މިންވަރުވެސް ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އެޅެން ބޭނުން ނުވާކަމަށާއި، މާލީ ވަޒީރު އެދިވަޑައިގެންނެވި ހުއްދަ ދިނުމުގެ ކުރިން ޚަރަދު ކުރާ ގޮތުގެ ތަފްސީލް ހޯދުމަށް އެދެން ޖެހެނީ އެހެންވެގެން ކަމުގައި އެމްޑީޕީގެ ޗެއަރޕަރސަން ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މާލީ ވަޒީރު އިއްޔެ ބޭއްވެވި ޕްރެސް ބައްލަވަން އިންނެވިއިރު ވަރަށް ބޮޑަށް ހިތާމަކުރެއްވި ކަމަށެވެ. އަދި ސަރުކާރުން އެދިފައިވާ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް އެކަން ފަހިކޮށްދެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައިވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑަށް ގަބޫލުކުރެވެނީ ސަރުކާރުން ދަރަންޏަށް ނަގާ ފައިސާ ހަރަދުކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު މަޖިލީހަށް އެނގެން ވާނެ ކަމަށް." ޙަސަން ލަތީފް ވިދާޅުވިއެވެ.

މެމްބަރު ޙަސަން ލަތީފް ވިދާޅުވީ މިނިސްޓަރ އަމީރު އިއްޔެ ދެއްވި ޕްރެސްގައި ބައެއް ހަރަދުތަކުގެ ތަފްސީލް ދެއްވި ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު އަދި މަޖިލީހާ ހިއްސާކުރައްވާފައި ނުވާ ކަމަށެވެ. އަދި މަޖިލީހުގައި އެދިވަޑައިގެންފައި ވަނީ 4.2 ބިލިއަން ރުފިޔާގެ ދަރަންޏަކަށް ކަމަށާއި، މިނިސްޓަރ އިއްޔެ ދެއްވީ އޭގެ ތެރެއިން 1.49 ބިލިއަން ރުފިޔާ ހަރަދު ކުރައްވާނެ ގޮތުގެ ތަފްސީލް ކަމުގައި ހަސަން ލަތީފު ވިދާޅުވިއެވެ.

"ފިނޭންސް މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގެންފައިވާ 4.2 ބިލިއަން ރުފިޔާއިން މި ދެންނެނެވި 1.49 ބިލިއަން ރުފިޔާ އުނިކުރީމާ ބާކީ އޮތް 2.71 ބިލިއަން ރުފިޔާ ހަރަދު ކުރާނެ ގޮތުގެ ތަފްސީލް އެނގެން ބޭނުންވާ ވާހަކަ މި ދަންނަވަނީ." ލަތީފް ވިދާޅުވިއެވެ.

"އެކަމަކު ރާއްޖޭގެ އިޤްތިޞާދު ވެންޓިލޭޓަރުގައި އޮތް އިރު، އަޅުގަނޑުމެން އެއްވެސް މީހަކަށް އެކަން ސަރުކާރުންް އަންގާލާފައި ނެތީމާ ދެން އެ ކުރެވުނު އިހްސާސް. އެކަމަކު މި ދަންނަވަނީ މި ގައުމުގެ އިޤްތިޞާދުގެ ވާހަކަ ވިއްޔާ. އަޅުގަނޑުމެން ވެސް ހަމަ ދިރި މި ތިބީ މި ދުނިޔޭގައި އަދި. އަންގާލަން ވާނެ ނޫންހޭ އަޅުގަނޑު ހިތަށް އަރަނީ،" ވަރަށް މަލާމާތުގެ ރާގެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަޕާސަންގެ ޒިންމާތައް ވެސް އަދާކުރައްވާ މެމްބަރު ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ދެން ވެސް އަވަސްވެގަންނަންވީ އިޤްތިޞާދު ވެންޓިލޭޓަރުން ނަގައި، ސަރުކާރުން މަޖިލީހުގައި އެދިފައިިވާ ފަައިސާ ސަރުކާރަށް ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


8

ކިނބިހި

26-Apr-2020

އެމްޑީޕީގެ އަން ފެކްޗަންގެ އިސްވެރިން އިސަރުކާރާއި ދެކޮޅަށް ބަސްބުނަން ފަށަފި މިކަން ފެއްޓެވީ ސީދާ ނަޝީދު މިހާރު ހަސަން ލަތީފު އަދި މަޖިލީހަށް ނިސްބަތް ވާ ބޯދިގު މެމްބަރުން މިހާރު މިކަން ކުރަނީ..



ޓްރެންޑިން