ކޮންކްރީޓް އިމާރާތްތަކުން ފުރިބާރުވެފައިވާ މާލެ ސިިޓީ
ކޮންކްރީޓް އިމާރާތްތަކުން ފުރިބާރުވެފައިވާ މާލެ ސިިޓީ
ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ 131 މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރި ޓުވީޓެއްގައި ބުނީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ވަގުތީ ހިޔާތަކުގައި އެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ މަސައްކަތުގެ ތެރެއިން، މި ވަގުތާ ހަމައަށް 131 ފަރާތްތަކަށް މިނިސްޓްރީން އެ އިންތިޒާމު ހަމަޖައްސައި ދީފައިވާ ކަމަށެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ، ބޯހިޔާވަހިކަމާއި، ކެއިންބުއިންފަދަ އަސާސީ ކަންކަމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ބަޔަކު ތިބި ނަމަ، ޖެންޑަ މިނިސްޓްރީ އަށް އެންގުމަށް އެދިފައެވެ.

އެގޮތުން ހާލުގައި ޖެހިފައި ހުރި މީހަކު ފާހަގަވެއްޖެނަމަ، 3328393 ނަންބަރު ފޯނަށް ގުޅުމަށް ޖެންޑަ މިނިސްޓްރީން އެދެއެވެ.

ރާއްޖޭން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 129 އަށް އަރައިފައެވެ. އަދި ރޯގާބަލިމަޑުކަން ބާރަށް ފެތުރެމުން ދިއުމާ ގުޅިގެން ރާއްޖެ ލޮކްޑައުންކޮށްފައި ވުމާއެކު، ޒަރޫރީ މުހުތާދުތައް ނުފުދި ޙާލުގައި ޖެހެމުންދާ ރައްޔިތުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން