ވެކްސިން ޖެހިފަހުން ރާއްޖޭގައި މިއަދު ނިޔާވި މީހާއަކީ ބަލިއެނދުގައި އޮންނަތާ 10 އަހަރުވީ އުމުރުން 93 އަހަރުގެ މީހެއް ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނެފައިވަނީ، މިމަހުގެ 17 ވަނަ ދުވަހު ކޯވިޑް ވެކްސިން ޖަހާފައިވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި އުމުރުން 93 އަހަރުގެ މީހެއް ނިޔާވެފައިވާ ކަމަށެވެ. އެމީހާ އަކީ ގިނަ ބަލިތަކަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށާއި، ބަލި އެނދުގައި އޮންނަތާ މިހާރު 10 އަހަރު ވެފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ އެމީހާ ނިޔާވެފައިވަނީ ވެކްސިންގެ ސަބަބުންތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމީހާ ނިޔާވި ސަބަބު ދެނެގަތުމަށްފަހު އެކަން ޢާއްމު ކުރާނެކަމަށެވެ.
"މަރުވުމާއި އަދި އެ ނޫން ވެސް ބޮޑެތި މައްސަލަތައް ކުރިމަތިވުމަކީ ކޮންމެހެން ވެކްސިން ޖެހުމާ ގުޅިގެން ދިމާވާ ކަންކަމެއް ނޫން." އެޗްޕީއޭއިން ބުނެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ ދަޢުލަތުގެ މާލީ ވަޒީރު އިބްރާހިމް އަމީރުގެ ކާފާފުޅެވެ. އަދި ޙާލު ބޮޑުވުމުގެ ސަބަބުން އޭނާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އިރުއޮއްސި 6:00 އަށް ރާއްޖޭގައި ކޮވިޑް-19 އަށް ޕޮސިޓިވް ވެފައިތިބި މީހުންގެ އަދަދު އުޅެނީ 2412 ގައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 58 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު