ރ. ފައިނު
ރ. ފައިނު
ރ. ފައިނުން ގެއްލިގެން ހޯދަމުން ދިޔަ ކުޑަކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިކުއްޖާ ފެނިފައިވަނީ، ގެއްލިގެން ހޯދަމުންދަނިކޮށް އެރަށު މޫދު އަޑިންނެވެ. ކުއްޖާ ފެނުނު ސަރަޙައްދުގައި 2 ފޫޓުގެ ފުންމިން ހުރިކަމަށް ވެއެވެ.

ނިޔާވެފައިވަނީ 4 އަހަރުގެ ތުއްތު ކުއްޖެކެވެ. މޫދުން ނެގި އިރުވެސް ކުއްޖާގެ އަނގަމަތީ އެކުއްޖާ އަޅައިގެން އުޅުނު ފޮތި މާސްކް އޮތްކަމަށާއި، އެ ކުއްޖާ މޫދުގައި ނިޔާވެފައި އޮއްވާ ފެނުނީ ހަވީރު 5:35 ހާއިރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ޙާދިސާއާއި ގުޅޭ އިތުރު މަޢުލޫމާތު އަދިވަނީ ލިބޭގޮތް ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން