ސްޓެލްކޯ މައި އިމާރާތް
ސްޓެލްކޯ މައި އިމާރާތް
މާލޭގެ ބޮޑޫބަޔަކުން ރޭ ފަތިހު ވެސް ކަރަންޓު ކެނޑިއްޖެއެވެ.

ރޭ ފަތިހު 5:00 ހާއިރު މުޅި މާލެއިން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސަރުކާރުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން ބުނެއެވެ.

ފަތިހު 5:56 ގައި ސްޓެލްކޯއިން ބުނީ "ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ވަނީ ކަރަންޓު ކެނޑިފައި" ކަމަށެވެ. އަދި ވީއެންމެ އަވަހަކަށް މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ވަނީ ކަރަންޓު ކެނޑިފައި. ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މައާފަށް އެދެން." ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުންޏެވެ.

ރޭ ފަތިހު މުޅި މާލެއިން ކަރަންޓު ދިޔައީ ކަނޑައެޅިގެން ކޮން ކަހަލަ ޓެކްނިކަލް ސަބަބަކާއި ހުރެ ކަމެއް ސްޓެލްކޯއަކުން ބުނެފައެއް ނުވެއެވެ. ކަރަންޓު ދިޔަތާ ގަޑިއެއްހާއިރު ފަހުން ބައެއް ހިސާބުތަކަށް ވަނީ އަނބުރާ ކަރަންޓު ލިބިފައެވެ.

މާލެއިން ކަރަންޓު ކެނޑުމަކީ މިފަހަކަށްއައިސް ދޭތެރދޭތެރެއިން ދިމާވާ މައްސަލައެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން