ޒިދާން މުޙައްމަދު   20 ފެބްރުއަރީ 2021 - 14:33
އާރްއާރްޓީ މަގުމަތީގައި ހަރަކާތްތެރިވަނީ
އާރްއާރްޓީ މަގުމަތީގައި ހަރަކާތްތެރިވަނީ
ކޯވިޑް-19 ބައްޔަށް ފަރުވާ ދެމުން ދަނިކޮށް ދިވެހިރާއްޖޭގައި އަންހެނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 63 އަހަރުގެ އަންހެނެކެވެ.

އެޗްޕީއޭން ބުނީ މަރުވެފައިވަނީ ޑީއެޗް11ގައި ފަރުވާދެމުންދިޔަ ދިވެއްސަކު ކަމަށެވެ. އަދި މިއީ ރާއްޖޭގެ 59 ވަނަ ކޯވިޑް-19އާ ގުޅުން ހުރި މަރު ކަމަށެވެ.

ރާއްޖެނެއިން ކޯވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް މަޑުޖެހުމެއް ނެތި އަންނަނީ އިތުރުވަމުންނެވެ.

އިއްޔެ އެކަނި ވެސް 127 މީހަކު ވަނީ ފައްސިވެފައެވެ. ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އަންނަނީ މިހާރު މަދުވަމުންނެވެ. މިއަދުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 159 މީހުންނަށެވެ.

ކޯވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނަ ސަބަބާއި ގުޅޭ ގޮތުން އެޗްޕީއޭއިން އަދި މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ކޯވިޑްގެ ތިންވަނަ ރާޅާއެކު ރާއްޖޭގައި ރައްކާތެތިކަމުގެ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެޗްޕީއޭއިން ބުނީ ދެން އިތުރަށް ލުއި ދެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދެވި ބަލިޖެހޭ މީހުންގެ އަދަދު ތިރިވެގެން ކަމަށެވެ.

ރާއްޖޭގައި ކުރިއަށް ގެންދާ ކޮވިޑްގެ ދިފާޢީ ވެކްސިން ކެންޕޭނަށް މިއަދު 20 ދުވަސް ވެގެން ދާއިރު މިހާތަނަށް 65 ހާހަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ދޭތާ އަށް ހަފުތާ ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން