"ހިޔާ" ފްލެޓްތަކުގެ ތެރޭގައި ހިމެނޭ އަލަތު ކައިވެނި ކެޓަގަރީއަށް ހަމަޖެއްސި ބައެއް ފްލެޓްތައް އެހެން ބަޔަކަށް ވިއްކާލުމަކީ އެ ފްލެޓް ލިބޭނެ ކަމަށް ކުރިން ކަނޑައެޅި ރައްޔިތުންނަށް ދިން ވަރަށް ބޮޑު އަނިޔާއެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ވިދާޅުވީ އަަލަތު ކައިވެނި ކެޓަގަރީގެ ދަށުން އަޅާފައިވާ ގިނަ ފްލެޓްތައް މި ސަރުކާރުން ކުންފުންޏެއް ހަދައި އެހެން ބަޔަކަށް ވިއްކާލި ވިއްކާލުމަކީ އަލަތު ކައިވެނި ކެޓަގަރީއިން ފްލެޓް ލިބޭނެ ކަމުގެ ދާއިމީ ލިސްޓުގައި ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ރައްޔިތުންނަށް ދިން އަނިޔާއެއް ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ކަންބޮޑުވުން ފާޅުކުރަށްވާފައި ވަނީ ހިޔާ މަޝްރޫޢުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފުލެޓުތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެޅުމަށް ހަމަޖެހިފައިވާ 534 ފްލެޓްގެ ތެރެއިން އެ ކުންފުނިން އަޅާ އެއްކޮޓަރީގެ 204 ފުލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާކަމަށް މައުލޫމާތު ފެތުރެން ފެށުމުންނެވެ.
"އަލަތު ކައިވެނި ކެޓަގަރީ ދަށުން އަޅާފައިވާ ގިނަ ފްލެޓްތައް މި ސަރުކާރުން ކުންފުންޏެއް ހަދާ އެހެން ބަޔަކަށް ވިއްކާލި ވިއްކާލުމަކީ އަލަތު ކައިވެނި ކެޓަގަރީން ފްލެޓް ލިބޭނެ ކަމުގެ ދާއިމީ ލިސްޓްގައި ކުރީ ސަރުކާރުން ކަނޑައަޅާފައިވާ ރައްޔިތުންނަށް މި ސަރުކާރުން ދިން އަނިޔާއެއް، ވީ ބޭއިންސާފެއް." މިކަމާ ގުޅިގެން ޑރ މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ހައުސިން މިނިސްޓްރީން ވަނީ "ހިޔާ" ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ނުދޭން ނިންމާފައެވެ. އެ ފްލެޓްތަކަކީ އަލަތު ކައިވެނި ކުރި ޒުވާނުންނާއި 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކާއި މާލޭގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަނޑައެޅި ފްލެޓްތަކެވެ. އެ ފްލެޓްތައް ނުދޭން ނިންމައި އެ ކެޓެގަރީތައް ވަނީ އުވާލާފައެވެ. މީގެ ތެރޭގައި އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ޚާއްޞަކުރި ކެޓަގަރީއާއި، ޒުވާނުންނަށް ޚާއްޞަކުރި ކެޓަގަރީއާއި ދަފުތަރު ކެޓަގަރީ ހިމެނެއެވެ. އެހެންނަމަވެސް ދައުލަތުގެ ފައިސާ ޚަރަދުކޮށް ފުލެޓު ކޮމިޓީއިންވަނީ މި ތިން ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ގޮސްފައެވެ.
ހައުސިންގ މިނިސްޓްރީން ބުނީ އެކެޓަގަރީ އުވާލީ ހިޔާ މަޝްރޫޢުގެ ދަށުން އަޅާ އިމާރާތް ތަކުގައި އެކެޓަގަރީއަށް ކަނޑައަޅާފައިވާ މިންވަރަށް ފްލެޓް ނެތުމުން ކަމަށެވެ. ކުރީގެ ސަރުކާރުން ނިންމާފައިވަނީ ކުންފުނިތަކުން އިމާރާތް ކުރާ ފްލެޓް އިމާރާތް ތަކުން އެއްކޮޓަރީގެ ފްލެޓްތައް ސަރުކާރަށް ގަނެގެން އެފްލެޓްތައް ދޭން ކަމަށެވެ. ނަމަވެސް ކުންފުނި ތަކުން ހަދާ އިމާރާތްތަކުގެ ތެރެއިން އެއްކޮޓަރީގެ ފްލެޓް ހުރީ އެންމެ އިމާރާތެއްގައި ކަމަށް ވެސް ހައުސިންގ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީގެ މި ނިންމުމާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފްލެޓް ލިބޭނެ ކަމަށް ލިއުންދީފައިވާ މީހުންގެ ތެރެއިން 1،585 މީހެއްގެ ފްލެޓް ވަނީ ގެއްލިފައެވެ. މި ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ އެ ކޯލިޝަންގެ ވެރިކަމެއްގައި މި ސަރުކާރުން ފްލެޓްތައް އަތުލި އެެ ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓްތައް ހޯދައިދޭނެ ކަމަށް ބުނެފައެވެ. އަދި އިދިކޮޅުން މިހާރު ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާ ތަކުގައިވެސް މިމައްސަލައިގައި އަންނަނީ އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު