އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ އެސް ޖައިޝަންކަރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި
އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރ އެސް ޖައިޝަންކަރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި
ކޯވިޑް-19ގެ ބަލިމަޑުކަމުން ދިފާޢު ވުމަށް އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ވެކްސިން އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައިވާކަން ސަރުކާރުން މިއަދު ބުނެފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ އެސް ޖައިޝަންކަރު ރާއްޖެއަށް މިއަދު ކުރެއްވި ޒިޔާރަތަށްފަހު ރާއްޖެއާއި އިންޑިއާއާއި ދެމެދު މުހިންމު އެއްބަސްވުން ތަކެއް ވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮވިޑްގެ މިދަތި އުނދަގޫ ހާލަތުގައި ވެސް އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އަހަންމިއްޔަތު ކަމެއްދެމުންދާ ކަމަށެވެ. އެގޮތުން އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް އިތުރު އެއްލައްކަ ޑޯޒް ވެކްސިން ހަދިޔާކޮށްފައިވާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ޝާހިދުވަނީ ކޮވިޑްގެ މިދަތި ހާލަތުގައިވެސް އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދީފައިވާ އެހީތައް ފާހަގަކޮށް އެކަމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ރައްޔިތުންނާއި ސަރުކާރަށް ޝުކުރު އަދާކުރަށްވާފައެވެ.

އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފައްދާފައިވާ ކޮވިޑްގެ ދިފާޢީ ވެކްސިންގެ ފޯމިއުލާ ބޭނުން ކޮށްގެން އިންޑިއާގެ ސީރަމް ކުންފުނިން އުފައްދާ ކޮވިޝީލްޑް ވެކްސިންގެ އެއްލައްލަ ޑޯޒް ވެކްސިން ހުސްވި ޖަނަވަރީ މަހުގެ ފަހުކޮޅު ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ. ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ވެކްސިން ކެމްޕޭންގައި ބޭނުން ކުރަނީ ކޮވިޝީލްޑް ވެކްސިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން