ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ދޭމީހާ ދިނަސް ކާމީހާ ކާންވާނީ ބަލައިގެން ކަމަށް ވިދާޅުވެ ލޯނުނަގާއިރު އެއީ އަނބުރާ ދައްކަންޖެހޭނެ އެއްޗެއްކަން ހަނދާންކޮށް އުފެއްދުންތެރިކަން އިތުރުވާނެ ދާއިރާތަކަށް ބަލައިގެން ލޯނުން ޚަރަދު ކުރުމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ގޮވާލައްވައިފިއެވެ.

އިންޑިއާއިން ރާއްޖެއަށް ހިލޭއެހީއާއި ލޯނުގެ ގޮތުގައި ބޮޑެތި އެހީތަކެއް ވަމުން އަންނަ މި ދަނޑިވަޅުގައި ޝަރީޕް ވިދާޅުވީ، ދޭމީހާ ދިނަސް ކާމީހާ ކާންވާނީ ބަލައިގެން ކަމަށެވެ. އަދި އެހީއާއި ލޯނު ހޯދައި ޚަރަދު ކުރުމުގައި އިސްކަން ދޭންވާނީ އުފެއްދުންތެރިކަން އިތުރުވާނެ ދާއިރާތަކަށް ބަލައިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ދިވެހި ސަރުކާރުން ބޭރުގެ ބޭންކް ތަކުންނާއި ސަރުކާރުތަކުން ނަގާ ކޮންމެ ލޯނަކާއެކުގައި ވެވޭ އެއްބަސްވުމުގައި އެފަދަ އެއްބަސްވުމަކުން ނިކުމެވޭނެ ގޮތެއް ހިމެނުމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. އަދި އެއީ އަނބުރާ ދޭންޖެހޭ ފައިސާކަން ވިސްނަންވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ދަޢުލަތުގެ ނަމުގައި ލޯނު ނަގާއިރު ލޯނު ހޯދަން މަޝްވަރާކުރާ މީހާއާއި ލޯނު އެގްރީމެންޓްގައި ސޮއި ކުރި މީހާ ލޯނު ދައްކަން ޖެހޭ ދުވަހު ނުތިބެދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން ލޯނު ނަގަން ވާނީ އެއީ ދެއްކޭނެ ލޯނެއްކަން ކަށަވަރު ކުރުމަށްފަހު، ދަޢުލަތުގެ ޚަޒާނާ ވިއްކާނުލައި ލިބޭ ޢާމްދަނީން ލޯނު ދެއްކޭނެ ގޮތެއް ހަދާފައިކަމަށް ޝަރީފް ވިދާޅުވިއެވެ.

"ލޯނު ނަގަން ފަސޭހަ ވެދާނެ. އެކަމަކު ބުރަ ވާނީ ލޯނު ދައްކަންޖެހޭ ދުވަސް އައުމުން. ބައެއް ޤައުމުތަކުން ހިލޭ އެހީ ދޭއިރު އެއާ ގުޅުވައިގެން ނުސީދާ ގޮތުން ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެވޭ ގޮތަށް ހިލޭ އެހީގެ އެއްބަސް ވުމުގެ ތެރެއިން ޖާގަ ހޯދާނެ. ނިކުމެވޭނެ ޖާގަ ހޯދަންވާނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އަމިއްލަ މީހަކުވެސް ލޯނެއް ނެގުމަށްފަހު އެ ފައިސާ މުނިފޫހި ފިލުވުމަށް ހޭދަ ކޮށްފިނަމަ ލޯނު ދައްކަންޖެހޭނީ ދަރަންޏަށް ފައިސާ ނަގައިގެން ކަމަށެވެ. އަދި ސަރުކާރުން ނަގާ ލޯނު އަނބުރާ ދައްކަން ޖެހޭނީ ލިބޭ ޢާމްދަނީން ކަމަށާއި، ޢާމްދަނީ ނުލިބޭނަމަ ދެން ޖެހޭނީ ލޯނުން ލޯނު ދައްކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާ ތަރައްގީކުރަން އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމި 40 މިލިއަން ޑޮލަރުގެ ލޯނަށް އިޝާރާތްކުރައްވައި، ޝަރީފް ވިދާޅުވީ މިއަދު ޒުވާނުން ތަމްރީން ކުރުމަށް ސަރުކާރުގެ ބަޖެޓުން ބިލިއަނުން ޚަރަދު ކުރާއިރު، 40 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން ޓެކްޕާކެއް ހަދައި ރާއްޖޭގެ ޒުވާނުންނަށް ރަށުގައި ތިބެގެން ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގެ އެކި ކުންފުނިތަކަށް މަސައްކަތް ކުރެވޭނެ ގޮތް ހޯދައިދިނުން މާ މުހިންމުކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން