ކޯވިޑް-19 ވެކްސިން ޖެހިފަހުން ނިޔާވި ޢުމުރުން 93 އަހަރުގެ މީހާގެ 81 އަހަރުގެ އަނބިމީހާވެސް މިއަދު ނިޔާވެފައިވަނީ ވެކްސިން ޖެހިފަހުން ކަމަށްވާތީ އެމައްސަލަ ތަޙްޤީގުކުރަން ފަށާފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މިރޭބުނެފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑައިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ ގދ. ގައްދުއަށް ނިސްބަތްވާ މިދެމަފިރިންގެ ތެރެއިން ޢުމުރުން 81 އަހަރުގެ އަންހެންމީހާ ނިޔާވީ މިރޭގެ ވަގުތެއްގައިކަމަށެވެ. އޭނާ ވިދާޅުވީ މިހިނގާ ފެބްރުއަރީ މަހުގެ 17 ގައި ވެކްސިން ޖެހިފަހުން ނިޔާވި މި ދެމަފިރިންގެ މަރާގުޅޭ ތަޙުޤީގު ވެސް ކުރިއަށް ގެންދަނީ އެކުއެކީގައި ކަމަށެވެ،

މިރޭ ބޭއްވި ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްޠަފާ ވިދާޅުވީ ގިނަ ބަޔަކަށް ވެކްސިން ދޭއިރު، އިއްތިފާޤަކުންވެސް އަދި ވެކްސިނާއި ގުޅުމެއް ނެތިވެސް ހާދިސާއެއް ހިނގައިފާނެކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖަހާފަހުން ކަމެއް ދިމާވެއްޖެނަމަ އެކަން ބެލުމަށް ޚާއްސަ ކޮމިޓީއެއް އޮންނަކަމަށެވެ.

ކޮވިޑުން ދިފާޢު ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައި ވަނީ މިހިނގާ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. މި ވެކްސިން ކެމްޕޭންގެ ދަށުން މިހާތަނަށް 70 ހާސް މީހުންނަށް ވަނީ ވެކްސިން ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން