އެޗްއީއޯސީގެ މައި މަރުކަޒުގައި ހަރަކާތްތެރިވަމުން ދިޔަ ބޭފުޅުންކޮޅެއް (ފައިލް ފޮޓޯ- ރައީސް އޮފީސް)
އެޗްއީއޯސީގެ މައި މަރުކަޒުގައި ހަރަކާތްތެރިވަމުން ދިޔަ ބޭފުޅުންކޮޅެއް (ފައިލް ފޮޓޯ- ރައީސް އޮފީސް)
ކޯވިޑް-19އާއި ގުޅިގެން ޚާއްޞަ މަސައްކަތްތައް ހިންގަމުންދާ މައި މަރުކަޒު، ދަރުބާރުގޭގައި އުފެދުނު ކޮވިޑް ކްލަސްޓަރއިން މިހާތަނަށް 6 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ، އެޗްއީއޯސީން މިރޭ ބުނެފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ ދަރުބާރުގޭ ކްކަސްޓައިން އެ މަރުކަޒުގައި ހަރަކާތްތެރިވާ 6 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ކްލަސްޓަރ ގެ ކޮންޓެކްޓުންގެ ގޮތުގައި 29 މީހަކު ފާހަގަ ކުރެވިގެން އެމީހުން އެކަހެރި ކޮށްފައިވާ ކަމަށް ޑިރެކްޓަރ އަހުމަދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ދަރުބާރުގޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާކަމަށް އެޗްއީއޯސީން މިރޭ ބުނެފައި ވެއެވެ.

ކޯވިޑްގެ އާވޭރިއެންޓާއެކު އެރި ތިންވަނަރާޅު އަދިވެސް ކޮންޓްރޯލް ނުވެ ޕޮޒިޓިވް ވާ އަދަދުތައް ހުރީ 100 އިން މަތީގައެވެ. މިއަދުވެސް ޖުމްލަ 145 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މީގެތެރޭގައި ހިމެނޭ ސަރަހައްދުން ޕޮޒިޓިވްވި 89 މީހަކު ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން