‏ކުރީ ސަރުކާރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއަށް ފްލެޓް އަޅަން ބިން ހަވާލުކުރީ އެއްކޮޓަރީގެ އެޕާޓްމެންޓްތައް ހިޔާ މަޝްރޫއަށް ދިނުމަށް ޝަރުތުކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކުރިން އެސިސްޓެންޓް ޕީޖީއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އުސްތާޒު އުޝާމް މިހެން ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރާ އެމްޕީއެލްގެ ފްލެޓް އިމާރާތުގައި ހަދާ އެއް ކޮޓަރީގެ ފްލެޓްތައް ވިޔަފާރި އުސޫލުން ވިއްކި ކަމަށް މީޑީއާގައި ރިޕޯޓްކުރި ހަބަރެއް ދޮގުކޮށް އެ ކުންފުނިން އިމާރާތްކުރާ ފްލެޓްތަކަކީ އެކުންފުނީގެ މުވައްޒިފުންނަށް ޚާއްޞަކޮށްގެން ހަދާ ފްލެޓްތަކެއް ކަމަށް ބުނެ ނެރުނު ނޫސްބަޔާނާއި ގުޅިގެންނެވެ.

"‏ކުރީ ސަރުކާރުން އެމްޕީއެލްއަށް ތިޔަ ބިން ތަރައްގީކުރުމަށް ހަވާލުކުރީ 1 ކޮޓަރީގެ އެޕާޓްމަންޓްތައް ހިޔާ މަޝްރޫއަށް ދިނުމަށް ޝަރުތުކޮށް. ނަމަވެސް އެމްޕީއެލްއިން އަޅަމުންދާ އިމާރާތުގައި ހަދާފައިވާ 1 ކޮޓަރީގެ އެޕާޓްމަންޓްތަކަށް ހެދިގޮތެއް އެމްޕީއެލްއިން ނުވަތަ ސަރުކާރުން އަދިވެސް ސާފުކޮށްނުދޭ." އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިވާހަކަ މީޑިއާއަށް ތިލަވުމުން އެމްޕީއެލް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 19 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފަކާ ހަވާލާދީ ވެބްސައިޓަކުން ރިޕޯޓްކުރި ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ. އެއްކޮޓަރީގެ 204 ޕްލެޓް ވިޔަފާރި އުސޫލުން ވިއްކާލައިފައިވާ ކަމަށް ބުނެ އެކުންފުނީގެ މީޑިއާ އޮފިޝަލަކު އެއްވެސް ފަރާތަކަށް މައުލޫމާތު ދީފައި ނުވާ ކަމަށް އެކުންފުނިން ބުނެފައި ވެއެވެ. ނަމަވެސް އެކުންފުނީން އިމާރާތްކުރާ ހިޔާ ޓަވަރުގައި ހަދާ އެއްކޮތަރީގެ ފްލެޓްތަކަށް ވީ ގޮތެއް މި ނޫސް ބަޔާނަކު ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން މިހާރު ވަނީ ހިޔާ މަޝްރޫޢުގައި ހިމެނޭ އެއް ކިޓަރީގެ ފްލެޓް އެކަށީގެންވާ ވަރަށް އިމާރާތްކޮށްފައި ނެތް ކަމަށް ބުނެ ހިޔާ މަޝްރޫޢުގެ އެއްކޮޓަރީގެ ފްލެޓް ގެޓަގަރީ ކެންސަލް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން