ރާއްޖޭގައި ދިރިއުޅޭ ލިޔެކިއުންނެތް ބިދޭސީން ވެކްސިން ޖެހުމަށް ރެޖިސްޓަރވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލައިފިއެވެ.
ބިދޭސީން ވެކްސިން ޖަހަން ރަޖިސްޓްރީ ކުރުމުގައި ބޭނުން ކުރަން ހަމަޖެހިފައިވަނީ ދިވެހި ރެޑްކްރެސެންޓުން ގާއިމުކޮށްފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ބެނެފިޝަރީ ސިސްޓަމް (ދިވެހި ރެޑް ކްރެސެންޓް ބެންސިން) އެވެ.
މިގޮތުން ވެކްސިން ޖެހުމަށް ރެޖިސްޓަރީވާ ލިޔެކިއުންނެތް ބިދޭސީންގެ ޒާތީ އަދި ސިއްހީ މައުލޫމާތު ބަލަހައްޓައި ރައްކާކުރަމުންދާނީ ދިވެހި ރެޑް ކްރެސެންޓުން ކަމަށް އެފަރާތުން ހާމަކޮށްފައިވެއެވެ. މީގެއިތުރުން މިމަޢުލޫމާތު ހިއްސާކުރެވޭނީ ހަމައެކަނި ކޮވިޑް-19 ވެކްސިނޭޝަން މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ވުޒާރާތަކާއި ކަމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ ޔަގީންކަން ދީފައެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ހާއްސަކޮށް ލިޔެކިއުންނެތް ބިދޭސީންނަށް ސިއްހީ ހިދުމަތްތައް ހޯދުމުގައި ދިމާވާ ދަތިތަކަށް ލުޔެއްދީ ލިބެންވާ ހިދުމަތްތައް ލިބުމުގެެ މަގު ފަހިކޮށްދިނުމަށް ދިވެހި ރެޑް ކްރެސެންޓުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އިންޓަރނޭޝަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސްގެ ސެކްރެޓަރީ ޖެނެރަލް ވަނީ މިއަދު މަރުހަބާ ކިޔާފައެވެ.
ލިޔެކިއުންނެތް ބިދޭސީން ވެކްސިން ޖެހުމަށް ރެޖިސްޓަރވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލައިފައިވާއިރު، ދިވެހިންނާއި ވޯކްޕަރމިޓް ހަމަނުވާ ބިދޭސީން ވެކްސިން ޖެހުމަށް އެޗްޕީއޭއިން ގާއިމްކޮށްފައިވާ މައި ހެލްތު ޕޯޓަލްގައި ރަޖިސްޓަރ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު