މިނިސްޓަރ އޮފް އަރޓްސް އެންޑް ކަލްޗަރ، ޔުމްނާ މައުމޫން
މިނިސްޓަރ އޮފް އަރޓްސް އެންޑް ކަލްޗަރ، ޔުމްނާ މައުމޫން
އަމިއްލަ މާދަރީ ބަހަށްދޭ ސަމާލުކަން ކުޑަ ނުކުރުމަށް މިނިސްޓަރ އޮފް އަރޓްސް އެންޑް ކަލްޗަރ، ޔުމްނާ މައުމޫން ގޮވާލައްވައިފިއެވެ.

މާދަރީ ބަހުގެ ދުވަހާއި ގުޅުވައިގެން މިނިސްޓަރ ކުރައްވާފައިވާ ޓްވީޓުގައި ބަވަނަވަމުންދާ ދުނިޔޭގައި ގިނަ ބަސްބަސް އުނގެނުމުގެ މުހިންމުކަން އިތުރުވަމުން ދިޔަނަމަވެސް އަމިއްލަ މާދަރީ ބަހަށް ދޭ ސަމާލުކަން ކުޑަ ނުކުރުމަށް ވަނީ ގޮވާލައްވާފައެވެ. ‏އަދި ޅަފަތުގައި ކުދީންނަށް އެ ކުދީންގެ އަމިއްލަ މާދަރީބަސް ރަނގަޅަށް ދަސްކޮށްދިނުމަށްވެސް މިނިސްޓަރ ވަނީ އިލްތިމާސްކުރަށްވާފައެވެ.

"ޅަފަތުގައި ކުދީންނަށް ރަނގަޅަށް މާދަރީ ބަސް ދަސްވުމުން އެ ކުދީންގެ އަމިއްލަ ވެއްޓާއި ސަގާފަތާއި އާދަކާދަތައް ދަސްވޭ. ‏އަދި ޅަފަތުގައި ކުދީންނަށް އެ ކުދީންގެ އަމިއްލަ މާދަރީބަސް ރަނގަޅަށް ދަސްވުމުން އެހެން ބަސްބަސް ދަސްކުރަން ފަސޭހަވާކަން ދިރާސާތަކުން ދައްކާ." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ބައިނަލް އަގުވާމީ މާދަރީބަހުގެ ދުވަހަކީ ކޮންމެ އަހަރަކުވެސް ފެބްރުއަރީ 21 ވަނަ ދުވަހު ފާހަގަކުރެވޭ ދުވަހެކެވެ. މިދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ ދުނިޔޭގެ އެކިގައުމުތަކުގެ މާދަރީބަހާއި، ތަފާތު ސަގާފަތްތައް ފާހަގަކޮށް ކުރިއެރުވުމެވެ.

ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ 1999 ވަނަ އަހަރު ބޭއްވުނު އަލިފްދާލުގެ ބައްދަލުވުމެއްގައެވެ. އަދި މިދުވަސް ފާހަގަ ކުރުން ރަސްމީކޮށް އިއުލާންކޮށްފައިވަނީ 2002 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން