ވުޖޫދުގައި ނެތް އެއްޗެއްގެ މައްޗަށް ދައުލަތުގެ ސިއްކަ ޖަހާ ލިޔުން ދިނުމަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ޝިފާޒް މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ހިޔާ މަޝްރޫއުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓްތައް ދޭނެ ކަމަށް ގިނަ ބަޔަކަށް ލިޔުން ދޫކުރީ އެ ފްލެޓްތައް ނުނިމެނީސް ކަމަށާއި އެއްކޮޓަރީގެ ފްލެޓް އަޅަން ހަވާލުވި ކުންފުނިތަކުން ވެސް އެ އަދަދަށް ފްލެޓް އެޅިފައި ނެތް ކަމަށް ބުނެ ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އެއް ކޮޓަރީގެ ފްލެޓް ތަކުގެ ފޯމުތައް ބާތިލް ކޮށްފައިވާކަން އަންގާފައި ވަނިކޮށެވެ.



ސިފާޒް ވިދާޅުވީ ވުޖޫދުގައި ނެތް އެއްޗަކަށް ދައުލަތުގެ ސިއްކަ ޖަހާ ލިޔުން ދިނުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށާ މަކަރާ ހީލަތް ހެދުމަކީ ދައުވާ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

ކުރީގެ ސަރުކާރުން ބުނެފައިވަނީ ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ އެއްކޮޓަރީގެ ފްލެޓްތައް ހިމެނޭނީ ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން އަޅާ ފްލެޓް އިމާރާތް ތަކުން ކަމަށެވެ. އޭރު ނިންމާފައިވަނީ ކުންފުނިތަކާއި ހަވާލުކޮށްގެން އިމާރާތްކުރާ ފްލެޓް އިމާރާތް ތަކުގައި ހަދާ އެއްކޮޓަރީގެ ފްލެޓްތައް ސަރުކާރަށް ގަނެ އެ ކެޓަގަރީތަކަށް ކުރިމަތިލާ ފަރާތްތަކަށް ދިނުމަށެވެ.

"އެސްއޯއީތަކާ ހަވާލުކުރި އެއްކޮޓަރީގެ ފްލެޓްތަކުގެ ތެރެއިން ސަރުކާރަށް ގަންނަން ލިބުނީ 36 ފްލެޓް. އެ ތަންތަން ޚާއްސަކުރީ އެންމެ ބޭނުން ޖެހިފައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. ގިނަ ކުންފުނިތަކަށް ފްލެޓް އެޅުން ކުރިއަކަށް ނުގެންދެވޭ. މަދު ތަނެއްގައި ކުރިއަށް ދަނީ." އެއް ކޮޓަރީގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތައް ބާތިލްކުރި ސަބަބު ތަފްސީލްކޮށްދެއްވަމުން މިސަރުކާރުގެ ގެދޮރާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގެ ފަހު ދުވަސް ކޮޅުގައި 9000 މީހުންނަށް އެއް ކޮޓަރީގެ ފްލެޓް ލިބޭނެ ކަމުގެ ލިޔުން ދޫކުރީ 2018 ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ކަމަށް މިނިސްޓަރ އަސްލަމް ތުހުމަތު ކުރެއްވިއެވެ.

އަސްލަމް ކުރިން ވިދާޅުވެފައިވަނީ ހިޔާ މަޝްރޫޢުން ދޫކުރި އެއް ކޮޓަރީގެ ފްލެޓްތަކުގެ ތެރެއިން އެއްވެސް ފްލެޓެއް އިމާރާތްކޮށްފައި ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން އެއްކެޓަގަރީގެ ފްލެޓް ލިބުނު ކަމަށް ލިއުންދީފައިވަނީ ވުޖޫދުގައި ވެސް އެ ފްލެޓް ނެތީސް ކަމަށް ރައީސް އޮފީހުގެ ވަޒީރު ޝިފާޒު ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. އެފަދަ ބައެއް ފަރާތްތަކުން ބުނެފައިވަނީ ފްލެޓާއި ބޯހިޔާވަހިކަމުގެ އެފަދަ މަޝްރޫޢުތަކުން އިމާރާތް ވިއްކައި އަދި ލިބޭ ފަރާތްތައް ކަނޑައަޅަނީ އިމާރާތްކޮށް ނިމުމުން ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން