އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   23 ފެބްރުއަރީ 2021 - 18:29
އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން، އައިއެމްއޯއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ފަރަޙްނާޒް ފައިސަލް އައްޔަންކުރެއްވުމަށް އެކަމަނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވައިފިއެވެ.

އެކަމަނާ މިހާރުވެސް ގެންދަވަނީ އިނގިރޭސިވިލާތުގެ ސަފީރުގެ އިތުރުން އަޔަލެންޑާއި ސްޕެއިން އަދި ފްރާންސްގެ ނޮން ރެސިޑެންޝަލް ސަފީރުގެ މަގާމު ވެސް ފުރުއްވަމުންނެވެ. އެކަމަނާގެ ނަންފުޅު ދިރާސާކުރެއްވުމަށް ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވަނީ ފޮނުއްވާފައެވެ.

މީގެ ކުރިންވެސް ޑރ. ފަރަޙްނާޒް ވަނީ، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، އަދިވެސް އެހެނިހެން ބައެއް ޤައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރކަން ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން