ކޮވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގެ ބައެއް އަވަށްތަކުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް އުވާލައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން ބުދަ ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައްޑޫސިޓި ހުޅުދޫ/މީދޫ ފިޔަވައި އައްޑޫސިޓީގެ އެހެން އަވަށްތަކުގައި އަޅާފައިވާ ހާއްސަ ފިޔަވަޅު ތަކަށް އަމަލުކުރުން ހުއްޓާލުމަށް އެކައުންސިލުން ނިންމާފައިވާ ކަަމަށެވެ.
ކައުންސިލުން އެގޮތަށް ނިންމި ކަމުގައިވިޔަސް އައްޑޫސިޓި އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީންވަނީ ހުޅުދޫ/މީދޫ ގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު 7 ދުވަހުގެ މުއްދަތަށް ދަމަހައްޓާފައެވެ. އެޗްޕީއޭއިން ލުއިދީފައިވަނީ އައްޑޫސިޓީގެ އެތެރޭގައި އަޅާފައިވާ ފިޔަވަޅުތަކަށެވެ.
އަދިި މިހާލަތުގައިވެސް ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށާއި ގައިދުރުކަން އިސްކުރުމަށާ ގެއިން ބޭރަށްދާނަމަ މާސްކް އެޅުމާއި އެޗްޕީއޭއިން އަންގާފައިވާ އެންގުންތަކަށް އަމަލުކުރުމަށް ކައުންސިލުން އަންގާފައިވެއެވެ.
އެގޮތުން ޕާޓީތަކާއި ހަފްލާތައް ނުބޭއްވުމާއި ހުޅުދޫމީދޫގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކޮށް ގޭގެއަށް ޒިޔާރަތް ނުކުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު