އަވަށްޓެރި ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤު ސްރީލަންކާގެ ބޮޑުވަޒީރު މަހިންްދަ ރާޖަޕަކްސައާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.
ދެބޭފުޅުންގެ މި ބައްދަލުވުމުގައި ދެގައުމުގެ ގާތްގުޅުމާއިބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ. އަދި ރާއްޖެއާއި ސްރީލަންކާގެ ގުޅުން ވަރުގަދަ ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުވުމުގައި މުޅި ދުނިޔެއަށް މިހާރު ކުރިމަތި ވެފައިވާ ކޮވިޑް-19 ގެ ބަލިމަޑު ކަމުގެ ސަބަބުން ރާއްޖެ އާއި ލަންކާއަށްވެސް ކުރަމުންދާ އަސަރުތަކާބެހޭ ގޮތުން ދެބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ. އަދި ކޮވިޑާއި ގުޅިގެން ލަންކާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުންވެސް ދެބޭފުން މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުވުމާއި ބެހޭގޮތުން ސަފީރު އުމަރު ވިދާޅުވެފައިވަނީ ސްރީލަންކާގެ ބޮޑުވަޒީރު މަހިންްދަ ރާޖަޕަކްސައާއެކު ބޭއްބި މި ބައްދަލުވުން ވެގެންދިޔައީ މުހިންމު މަޝްވަރާތަކެއް ކުރެވުނު ކާމިޔާބު ބައްދަލުވުމަކަށްކަމެވެ.
ރާއްޖެ އާއި ލަންކާއަކީ އަބަދުވެސް ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއް އޮންނަ ދެ ގައުމެވެ. މިއެކުވެރިކަން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ލަންކާގެ ބޮޑުވަޒީރާއި ބައްދަލު ކުރެއްވުމުގެ ކުރިން ލަންކާ ސަރުކާރުގެ ބައެއް އިސްވެރިންނާއި އެކުވެސް ރާއްޖޭގެ ސަފީރު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ތަފާތު ބޭނުންތަކުގައި ގޮސް ދިރިއުޅެމުން އަންނަ ގައުމެކެވެ. އަދި އެކިއެކި ބޭނުންތަކުގައިވެސް ވަރަށްގިނަ ދިވެހިން ގޮސް އުޅޭ ގައުމެކެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ދަތުރުފަތުރު ކުރުމާއި އެނޫންވެސް ކަންކަމުގައި ހުރި ގޮންޖެހުން ތަކުގެ ސަބަބުން މިދުވަސްވަރު ލަންކާއަށް ދަތުރުފަތުރުކުރުން ވަނީ އުދަނގޫ ކަމަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު