ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ސިޔާސީ މަސައްކަތްތަކެއް ކުރުމަށް ސިޔާސީ އިސްލާހީ މޫވްމަންޓެއް އުފަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން "ރަސް އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަރަކާތުގައި ރާއްޖޭގެ ވަރަށް ގިނަ ސިޔާސީ ތަޢުލީމީ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި މޫވްމަންޓުގެ މައިގަނޑު މަޤްޞަދުތައް އަދި މުޅިން ސާފު ނުވިނަމަވެސް މި މޫވްމަންޓްގެ އެންމެ އިސް މަސައްކަތް ތަކުގެ ތެރޭގައި 2023 ގެ ރިޔާސީ އިންތިޚާބުގެ އެޖެންޑާ ސެޓް ކުރުން ހިމެނިގެން ދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެގޮތުން އިންތިޚާބަށް ކެންޑިޑޭޓެއް ނެރުން ނުވަތަ އިންތިޚާބަށް ނުކުމެވަޑައިގަންނަވާ ބޭފުޅަކަށް ތާއީދު ކުރައްވައިގެން މަސައްކަތް ކުރުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މި މޫވްމަންޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި ރައީސް ޔާމިން ސަރުކާރުގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޑީޑީއާއި ކުރީގެ ކެޕްޓަން އަލީ އިހުސާނާއި ޑރ. ސަޢުދާއި ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަންސް މުނާޒާއި އިލެކްޝަން ކޮމިޝަންގެ ކުރީގެ މެންބަރު ފަޔާޒުގެ އިތުރުން މަޝްހޫރު ބައެއް ވިޔަފާރިވެރިންނާއި އެމްއެންޑީއެފްގެ ރިޓަޔާޑް ބައެއް ބޭފުޅުންނާއި ޢިލްމީ ގާބިލު ގިނަ ބޭފުޅުންތަކެއް މި ހަރަކާތުގައި ހިމެނޭ ކަމަށް އެނގިފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މޫވްމަންޓް ވުޖޫދު ކުރުމުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރިއަށް އެބަދެއެވެ. ނަމަވެސް އެބޭފުޅުންގެ އެއްވެސް މަސައްކަތެއް އަދި މިހާތަނަށް މީޑިއާއަކަށް ތިލަވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު


10

ޢއއ

02-Mar-2021

ތިތާނެތް އިޙްލާސްޔެރިއެއް


5

ސަފީގު އިބުރާހިމު

02-Mar-2021

ހުސްފެލީ


-9

ސަފީގު އިބުރާހިމު

02-Mar-2021

ހުސްފެލީ


18

ތަވްފީގް

02-Mar-2021

މަވެސް ތިޔަކަހަލަ ކަންތަކާ ނޫޅެ މަޑުން މި ހުންނަނީ ތިކަން ބޭނުން ނުވެގެނެއް ނޫން ލަދެއްގަ ނުބެދެން ވެގެން، މަށަށް ތާއީދު ކުރާނެ ބަޔަކު ނެތްކަން މަށަށް އެނގޭތީ މަށަށް މަގޭ ހާލު ވިސްނޭ ގޮތަށް އުމަރަށް އުމަރުގެ އަސްލު ހާލަތު ނުފެންނަނީބާ!


-8

ތަވްފީގް

02-Mar-2021

މަވެސް ތިޔަކަހަލަ ކަންތަކާ ނޫޅެ މަޑުން މި ހުންނަނީ ތިކަން ބޭނުން ނުވެގެނެއް ނޫން ލަދެއްގަ ނުބެދެން ވެގެން، މަށަށް ތާއީދު ކުރާނެ ބަޔަކު ނެތްކަން މަށަށް އެނގޭތީ މަށަށް މަގޭ ހާލު ވިސްނޭ ގޮތަށް އުމަރަށް އުމަރުގެ އަސްލު ހާލަތު ނުފެންނަނީބާ!


12

ތަވްފީގް

02-Mar-2021

2008 ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އުމަރު ނަސީރު އާއި އޭނާގެ ޓީމުގެ ބޭފުޅުން ހަނދާން ނެތުނީބާ އާބާދީ މަދު ރަށެއްގެ ރަށު ކައުންސިލަރަކަށް ކުރިމަތިލުން ބުއްދިވެރި ފަހަރެއްގަ ހޮވިދާނެ.


13

ތަވްފީގް

02-Mar-2021

2008 ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އުމަރު ނަސީރު އާއި އޭނާގެ ޓީމުގެ ބޭފުޅުން ހަނދާން ނެތުނީބާ އާބާދީ މަދު ރަށެއްގެ ރަށު ކައުންސިލަރަކަށް ކުރިމަތިލުން ބުއްދިވެރި ފަހަރެއްގަ ހޮވިދާނެ.


-4

ޑީ

27-Feb-2021

ހަރުގަނޑު ޕާޓީ


-2

ޑޮންބިސް

27-Feb-2021

ތިޔަ މޫވްމަންޓް މިވަގުތު ވަރަށް މުހިންމު. ÷ޕީޕީއެމް އަލުން އަބުރާ ވުޖޫދަށް ގެންނަވާ ޕާޓީ ފޭރެގަތީ ޔާމީނު ހަފައިން ކުޅެގެން..ރ މައުމޫނުގެ އޮފުކާޑާލި ހިސާބުން ބޭބެ އުންމީދު ކަންޑާލިން..


16

ދޮންދުބުރިމާ

27-Feb-2021

ތިޔަބޭފުޅުންގެ ތެރޭގައި ކެޕްޓަން އިހްސާން ވަރަށްރަގަޅު ދެން ފެންނަނީ ފެއިލްވެފަ ތިބި ބައެއް ރައްޔިތުންގެ ތާއީދު ނެޔްބައެއް


5

ބަނާނާ

28-Feb-2021

ބަރާބަރު ޓީމެއް.ފެއިލްވި އެކަކުވެސް ތިޔަތަނުގަ ނެތް.ކެނެރީ ފެއިލް ކެރަފާ ފެއިލް . ސާބަހޭ ޢުމަރު ޓީމު. މިހާރު ހީބިހި ނަގާނެ. ކުރިޔަށް ވަޑައި ގަންނަވާ.ތިޔައީ ފަހުލަވާނުންގެ ޓީމު.


0

ބަނާނާ

28-Feb-2021

ބަރާބަރު ޓީމެއް.ފެއިލްވި އެކަކުވެސް ތިޔަތަނުގަ ނެތް.ކެނެރީ ފެއިލް ކެރަފާ ފެއިލް . ސާބަހޭ ޢުމަރު ޓީމު. މިހާރު ހީބިހި ނަގާނެ. ކުރިޔަށް ވަޑައި ގަންނަވާ.ތިޔައީ ފަހުލަވާނުންގެ ޓީމު.


-2

ހާޖީ

26-Feb-2021

ޢަވަސްކުރޭ ބޮޑު ދެޕާޓީ ދެފަހަރު ކައިފި އަދިވެސް ކަނީ. ނުކާނެކަން ގެރެންޓީ ބަޔަކު ބޭނުން


8

ދޮންބަންޑާރަ

26-Feb-2021

ރަނގަޅު ކަމެއް. ސިޔާސީ ރަންޑީންގެ ކިބައިން މި ގަައުމު ސަލާމަތްކުރުމުގެ ވަގުތު ޖެހިއްޖެ. ޑިމޮކްރަސީ ނަމުގައި ވެރިކަމަށް އައިސް ބައިތުލްމާލުން ވައްކަންކޮށް ރައްޔިތުން ގުނބޯ ހެއްދުންނޫން ކަމެއް ކުރާކަށް ނޭގޭ. މާލަސްވެސް ވެއްޖެ


7

އަޑިގުޑަން

26-Feb-2021

ތިޔަ ނަން ހާމަކޮށްފައިވާ އެންމެންނަކީ މަޤާމްގެއްލިމުގެ ހިތާމައިގައި އުޅޭމީހުން ރައްޔިތުންނަށް ޓަކައި ކަމެއް ކޮށްދިނުމުގެ ކުޑަވެސް ނިޔަތެއް ވާމީހަކު ހުރިހެނެއް ހީއެއްނުވޭ! ނަން ނުލިޔެ ވިޔަފާރިވެރީންނާއި ޢިލްމުވެރީންނޭބުނުމުން ބުނާނެ އެއްޗެއް ނެތް އެމީސްމީހުންގެވެސް ނަން ހާމަކޮށްލުން ނިހާޔަތަށްއެދެން!


5

ޖިހާދު

26-Feb-2021

މަރުހަބާ ކޮންމެ ބަޔަކު ކުރިޔަސް ހެޔޮބަދަލެ


4

ކޮންބޯއެއް މާ ސަޅި

26-Feb-2021

ރާއްޖޭގެ ސިޔާސީ މައިދާނުގަ މިއުޅޭ މީހުންނަށް ބަލާއިރު މި ގައުމުގެ ކުރިމަގަށް އެއްވެސް އުންމީދެއް ނެތް. ފެންނަނީ ވަރަށް ބަނަކޮށް. ދެއާ އިޒް ނޯ ހޮޕް ފޯ ދިސް ކަންޓްރީ. މުޅި ސިޔާސީ މައިދާން އޯވާހޯލް ކުރަން ޖެހޭ. ދުނިޔޭގެ ލަދެއް އާޚިރަތުގެ ބިރެއް ނެތް މީހުން މިއުޅެނީ.


6

ކިނބޫ

26-Feb-2021

ތި ދަތްކަލޭގެ ހުރީމަ މަ ސަލާން. އެމްޑީޕީ ކޮއްޕަން އުޅުނު ގޮލައެއް. މިހާރު ވަޒީރުކަމެއް ނުލިބުނީމަ އެއުޅެނީ. ދުވަސްކޮޅަކުން ބުނާނެ މަށަކީ އަބަދުވެސް އެމްޑީޕީ މީހެކޭ.


5

ކިނބޫ

26-Feb-2021

ތި އިބްރާހިމް ދީދީ ލައިގެން? ތި ފަޔާޒު ލައިގެނ? ނުވާނެ ތިކަމެއް. ދެން ތިއްބެވި ބޭފުޅުން ބަރާބަރު. ގައުމީ ލޯބި ހުންނާނެ.


3

ޢަހްމަދު

26-Feb-2021

ޙުސްމިސްކިތު ވަކަރު ތި ކަމުދާނީ ފަތްފޮށިދަށުގަ އެލުވާފަ ބާއްވަން ބޭނުމެއް ނުކުރެވޭނެ


-8

ސުބްޙާނަﷲ

26-Feb-2021

އަސްތަގްފިރުﷲ ތިމޫވުމެންޓްގައި ހުސް ތިޔަތިބީ އެއްފަހަރު ބޭނުން ކޮއްފައި އިތުބާރު ގެއްލި ހަޑިވެ ބޭނުން ނުހިފިގެން ޑަސްޕިނަށް ލާފައިވާ ދިވެހިން


1

މީދޫ ކަލޯ

26-Feb-2021

ކޮމެންޓުތައް ކިޔައިފިން އޮއްތަރެއްހުރި ހަމަ އެއްމެ ކޮމެންޓެއްވެސް ހަރާން އެތިއްބެވީ ކަމަށް ޤާބިލު ކެރޭ ހިތްވަރުގަދަ ނުގުޑާނެ ޢަޒުމް ހުރި ވަރުގަދަ ބޭފުޅުންނެވެ. ވަކި މިވެނި ކަމަކަށް ދޫކުރާނެ ހަމަ އެކަކުވެސް ނެތެވެ. މަގާމު ގެއްލުނީ ނާޤާބިލުވެގެނެއްނޫނެވެ. އެވަގުތަކު ވެރިކަމުގައި ތިބި ބަޔަކު ކޮންމެވެސް ކަމެއް އަމިއްލަ އެދުމާ އެއްގޮތަށް ކުރަން ފުރުޞަތު ނުދިނުމުން އިސްތިޢުފާ ދިނީއެވެ. ނޫނީ ވަކިކުރީއެވެ. އެއީ އެބޭފުޅުން ނާޤަބިލުވެގެނެއް ނޫނެވެ. ޑރ. ޑީޑީ އަކީވެސް ވަރުގަދަ ސިޔާސީ ބޭފުޅެކެވެ. އެންޑީޕީ ކެބިނެޓުގައި ފަހުވަގުތާ ހަމަޔަށްވެސް ހުންނެވިއެވެ. އުމަރު ހުންެވީ މަގާމުގެ ހައިސިއްޔަތު ބޭނުން ކުރައްވައިގެން އޭރުގެ ރާއްޖޭގައި އޮތް އެންމެ ބާރުގަދަ ގޭންގުތައް ހުއްޓުވުގެ އަމާޒުގައި މަސައްކަތް ކުރައްވާށެވެ. ވަކިވާން މަޖުބޫރުކުރުވީ ސަރުކާރު ބޭނުން ހުރިހާ ކަމެއް ބޭނުންވާ ގޮތަށް ކޮށްނުދިނީމައެވެ. އަޙުމަދު ފަޔާޒު ފުރުެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމެވެ. އެމަޣާމުން ދެން ބަދަލުވީ އީސީ ގެ މެމްބަރުކަށެވެ. އީސީ ގެ ނައިބަކަށް ހުއްޓާ ސުޕުރީމް ކޯޓުން ނުނިޔަތުގައި ބޭރުކޮށްލީއެވެ. ދުންޔާ މައުމޫނަކީ ޤާބިލު ކެރޭ ބޭފުޅެއްކަން ބަނަލް އަގުވާމީ ދުނިޔޭގައި ހާމަ ކޮށްދެއްވި އެވެ. ޢާއިލީ ހަސަދައާއި ފިތުނަވެރިކަމުގެ އޮއިވަރެއްގެ ތެރޭން އިސްތިއުފާ ދެއްވަން މަޖުވެގެން މަގާމު ދޫކޮށްލެއްވީއެވެ. ވީއިރު ތިބުނާ ނާގާބިލު ކަނދަށް ކަމުނުދާ ޅޮހަށް މި ބޭފުޅުން ވީގޮތް މިކަހަ ތަފްޞީލީ ގޮތަކަށް ބަޔަން ކޮށްދީބަލާށެވެ. ވަރަށް ސަލާމް


-3

ޙަބޭސް

26-Feb-2021

މުޅިން އާ ސްޓެންޓެށް ޖައްސަނީޔޯ, ރައްޔިތުން ހެއްލޭގޮތް ހުސްވެދިޔައީޔޯ, ކިޔާނެ އެއްޗެއް ނެތި ބޮއްސުން ދިޔައީޔޯ... ފޫނެތް ފަޔަކަށް ފެންނުފުރާށެވެ.


17

ޢިބްރާހިމް ތާހިރު

26-Feb-2021

ޥަރަށް ރަގަޅު ކަމެއް. ޥަކި ޕާޓީ އަކަށް ނިސްބަތް ނުވާ ބަޔަކު ނިކުމެ ޤައުމު ހަމަޔަކަށް އެޅުވުން މުހިއްމު.


4

ގަސްގަނޑު

26-Feb-2021

މުޅިންފޭލިވެފާތިބިބައެއް.މިގައުމެއް ނުހެއްދޭނެ.


-2

ފޫޅު އަލިބޭބެ

26-Feb-2021

އުރަތްޕެއް ހުރި އެކަކުވެސް ނެތް. ހުސް މަގާމު ގެއްލިފަ ތިބި މީހުން. ކީއްކުރާނީ ރައްޔިތުންނޭ ކިޔާފަ ވެސް ތިބެނީ ގުނބޯލުން ވިއްޔަ. މިމީހުން ފަހަތުގަ އަތްޖަހަންވެސް ތިބޭނެ. ހޮވާފަ ބަވަން ރައްޔިތުންނަށް އެނގެނީ. މިދެން ކޮން ބައެއް. ހުސް އަނގަ ފޮނި.


3

ސިޔާސީ

26-Feb-2021

ތިޔަ ދެއްވި ލިސްޓުގައިނެތެންނޫންތޯ ކަމުދާ އެއްޗެއް. މުޅިންވެސް ނަވަށްނުގުނި ނޫންތޯ. އެކަމު އެއްޗެއް ނެއްތަނެއްގައި ލައިގެން ކާއެއްޗަކަށް ދުންޔާ ފުދިދާނެއެވެ.


4

علي وحيد

26-Feb-2021

ތި އުޅެނީ އުމަރުނަސީރު ވެރިކަމަށް ނެރެން ތިމޫމެންޓުގަ އެއްވެސް އޮށްޓަރެއްނެތް ތިހާމަކޮށްފަތިބި ނަންތަކުގެތެރޭގައި ގިނައިން ތިތިބީ ފެއިލިޔަރުން ސޮރީއޭބުނެލެވޭނީ


-15

ނަސީމް

26-Feb-2021

ތިއީ ހައްތަހާވެސް ފުރުސަތު ލިބި ކަމެއްނުކުރެވުނު މީހުން. 1. އުމަރު ނަސީރު އެންމެ ބާރުލާފަ ބުނީ ކުށްވެރިންގެ ފައިގަ ޓެގްއަޅުވާނަމޭ. މަސްތުވާތަކެތީ ވިޔަފާރި ހުއްޓުވާނަމޭ. ވީކަމެއްކޮބާ. 2. ދުންޔާމައުމޫން. ފޮރިން މިނިސްޓަރަކަށްހުރެ ގައުމަށް ކޮށްދެވުން ކަމެއްނެތް އުމުރު ހުރިހާދުވަހަކު އުޅުނީ މަތީފަޑީގަ. 3. ދެންހުރީ ކެޕްޓަންނަންޓެގް ޖަހައިގެން ކުކުޅުފަހަން އުޅޭ އިހުސާން. އޭނަވެސް އެމްއެންޑީއެފުން ކޯހެއްހަދައިގެން ހަމަޖެހޭ ވާހަކައެއް ނުދައްކާ. މުޅިންވެސް ސުރުހީ އެޅޭތޯ ބަލަނީ. 4 . ތީކޮންބައެއް.???


-5

އަލީ

26-Feb-2021

ތިނަންތައް އިވިފަ މީނީ ހީކަރުވާގެންފަ.


-2

ނުރަބޯ

26-Feb-2021

ރަގަޅު. ތިޔަ މޫވްމެންޓް ވުޖޫދުކޮށްގެންވެސް ޖެހިގެން މިއުޅޭ ބަލާ ވެރިކަމުން ނަޖާވޭތޯ ބަލަން ޖެހިއްޖެތާ.....!!!


-1

ކަޅުސޮރު

26-Feb-2021

އަދީބަކީ އަންނިގެ ފަނި ކަމަށް އަންނި ބުނިހެން ދުންޔާ! މައުމޫނުގެ ޑީޑީ! އަންނިގެ ސައުދު! ޔާމީނުގެ ފަޔާޒް! ބުރުމާގެ


11

ކަލޯ

26-Feb-2021

ތީ މިވަގުތު މިގައުމަށް ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއް. އެމްޑީޕީ މިއޮތީ އަތައް ގޮވާފައި އަނެއްކާވެސް. ރައްޔިތުން މިސަރުކާރަށް ދެންހެޔޮ ބުނެފި. ދެން އޮތީ ޕީޕީއެމް، މިވެރިންނަކަށްވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމެއް ކުރެވޭ ތަނެއް ނުފެނޭ. ޔަގް މިނިވަން ކުރަން ހަމައެކަނި އުޅުމަކީ ހައްލެއްނޫން. އަދި 2023 ހަށް ނިކުންނާނެ މީހަކުވެސަ ތައްޔާރު ކުރެވޭ ތަނެއްނުފެނޭ. ވީއިރު މިނޫންބައެއް އެބަޖޭހޭ ފެންނާން ދޯ. މަވެސް އަދި ގައުމުގެ ވަރަށް ގުނަ ރައްޔިތުން މިހާރު އެބަލަނީ މިފަދަ ފިކުރަކަށް. ވަރަށް ރަނގަޅު ވަގުތެއް މިއީ. އަހަރެންގެ ތާއީދު އެބައޮތް


-1

މޫންޓީ

26-Feb-2021

މޯލްޑިވް ރިފޯމް މޫމެނޓް ކިހިނެއްތޯ ވީ? އާނަމެއް ކިޔައިގެންތޯ ފަށަން ޖެހެނީ


0

ޖުހާ

26-Feb-2021

ދުންޔާ ރަގަޅުވާނެ ރަނިންގމޭޓަކަށް. ރައީސް އަކަށް ކަމުދާ މީހެއް ވަޒީރަކަށް ކަމުދާ މީހެއްވެސް ތިތާކުނެތް. ސޮރީ


0

ފަތަފޮޅި

26-Feb-2021

ތީ ސިޔާސީ ދާއިރާގައި ރައްމެދައް އެތައްފަހަރަކު ވިހާފަ ތިބަ ސިޔާސީ ރަންދިން


13

އައި

26-Feb-2021

ސަޅި


12

ރަސްގެފާނު

26-Feb-2021

ރަސް އަށް ތިކަންވެދާނެ. އެޔޮށް ސިއްރުން ކުރާކަންތައް ފަޅާލީ ވިއްޔަ...


7

ޞައްދާމު

26-Feb-2021

ނަމަނަމަ ޖަމީލު ބައިވެރި ނުކުރާތި!