ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ. ގުރައިދޫގައި މިއަދު ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.

މިސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް މެދުވެރިކޮށް ކ. ގުރައިދޫގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

ކ. ގުރައިދޫގައި މި ފެށުނު އޭޓީއެމް ޚިދުމަތާއެކު މާލޭ ސިޓީގައި ގާއިމްކުރެވިފައިވާ ބޭންކިިންގ ހިދުމަތްތަކުގެ އިތުރުން މިވަގުތު ކ. އަތޮޅުގައި ދެ ބްރާންޗެއް މެދުވެރިކޮށް ބީއެމްއެލްގެ ހިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން 4 ރަށެއްގައި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައްވެސް ގާއިމްކުރެވިފައެވެ. އަދި ހަމައެހެންމެ މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އޭޖެންޓް މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ކަސްޓަމަރުންނަށް ފައިސާ ނެގުމުގެ ޚިދުމަތްވެސް ދެމުންނެވެ.

ގުރައިދޫގައި ހުޅުވި މި އޭޓީއެމް ސެންޓަރާއެކު، އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިންގ ހިދުމަތް ރާއްޖޭގައި ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ދައްކުވައިދޭކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ފާހަގަކުރައްވާފައިވެއެވެ.

ބޭންކުންވަނީ މިދިޔަ އަހަރު 9 ރަށެއްގައި އަލަށް ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުވައި އިތުރު 5 ރަށެއްގައި ބެެހެއްޓިފައި ހުރި އޭޓީއެމުން ސެލްފް ސަރވިސް ބޭންކިންގ ހިދުމަތްތައް ލިބޭނެހެން ބަދަލުގެނަސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން