އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   26 ފެބްރުއަރީ 2021 - 14:53
ވޭމަންޑޫއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދަނީ (ފޮޓޯ- ފެނަކަ)
ވޭމަންޑޫއަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދަނީ (ފޮޓޯ- ފެނަކަ)
ތ. ވޭމަންޑޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް 33 ގަޑިއިރުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތް އަލުން ދޭން ފަށައިފިއެވެ.

ވޭމަންޑޫ އިންޖީނުގޭގައި ބުދަ ދުވަހު އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓު ކުރީ އެ ދުވަހުގެ މެންދުރު 2:30 ހާއިރުއެވެ. ތ. ވޭމަންޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްފައިވަނީ، އެ އަތޮޅު ގުރައިދޫ އިން 360 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓެއް ގެންގޮސްގެންނެވެ. ފެނަކައިން ވަނީ ވޭމަންޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް ރޭ 11:40 ހާއިރު ކަރަންޓުގެ ޚިދުމަތް ދޭންފަށާފައެވެ.

އަލިފާނުގެ ހާދިސާގައި އިންޖީނުގޭގައި ބޭނުން ކުރަމުންއައި ތިން އިންޖީނުވެސް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާއިރު، ހާދިސާ ހިނގިތާ 33 ގަޑިއިރުގެ ތެރޭގައި ފެނަކައިން ވަނީ މައްސަލަ ހައްލުކޮށް ކަރަންޓުގެ ޚިދުމަތް އަލުން ދޭން ފަށާފައެވެ.

މި ހާދިސާއާއި ގުޅިގެން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ތ. ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މިހާދިސާގައި އެރަށުގެ އިންޖީނުތައް ވަނީ އަނދައިގެން ގޮސްފައެވެ. ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ ފެނަކައިން ވަނީ ރަށަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން