ކޮވިޑް-19 ފެތުރޭޓީ މުޅިރާއްޖެ ފުރަބަންދު ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި ގައިދުރުކަމެއް ނެތްކަމަށް ދޭހަވާ ފޮޓޯއެއް ހިއްސާ ކުރަށްވައި އެކަމަށް އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒު ހެލްތު މިނިސްޓަރ އަހުމަދު ނަސީމަށް އަމާޒުކުރަށްފައި ފާޑުވިދާޅުވެއްޖެއެވެ.
މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތުގައި ގައިދުރުކަން ބަހައްޓަން ޖެހޭ ޟަރޫރަތެއް ނެތް ކަމަށް ވިދާޅުވެ ޑރ. އިޔާޒު ދައްކަވާފައިވާ ވާހަކައަށް ބާރުދެއްވައި ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ބައްދަލު ވުމެއްގެ ފޮޓޯއެއް ހިއްސާ ކުރަށްވަމުން އިޔާޒު ވަނީ ކޮވިޑް ފެތުރެނީ ހަމައެކަނި މިސްކިތްތަކުގައި ނަމާދުގެ ޖަމާއަތުގައި ގައިދުރު ނުކޮށްގެންތޯއޭ ވިދާޅުވެ އޭނާ އުފައްދަވަމުން ގެންދަވާ ސުވާލު އެފޮޓޯގެ ޒަރީޢާއިން ތަކުރާރު ކުރަށްވާފައެވެ.
"ކޮވިޑްގެ ނުރައްކާ އެންމެ ބޮޑުވެ މުޅި ރާއްޖެ ލޮކްޑައުންގައި އޮތް އިރު ރައްޔިތުން މަޖިލިސްގައި ގައިދުރުކަން އޮތް ވަރު ނިކަން ބައްލަވާ (ކެރަފާނަސީމް). މިއީ މިސްކިތް ނަމަ ހުކުމް ތަފާތު ވީސް ދެއްތޯ؟" ހެލްތު މިނިސްޓަރ އަހުމަދު ނަސީމު (ކެރަފާ ނަސީމް) އާއި ރައްޔިތުންގެ މަޖިލިސް ޓެގް ކުރަށްވައި ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
"ރަސް އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މީގެކުރިން ޑރ. އިޔާޒު ވިދާޅުވެފައިވަނީ ޖަމާއަތުގައި ނަމާދު ކުރުމުގައި ގައިދުރުކަން ބެހެއްޓުމުގެ ޟަރޫރަތެއް ރާއްޖޭގައި ނެތް ކަމަށެވެ. ޑރ. އިޔާޒް ވިދާޅުވީ ހަމައެކަނި ނަމާދުގައި ގައިދުރުކަން ބެހެއްޓުމުން ފުދޭނެ ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ. މީގެއިތުރުން ނަމާދު ކުރާއިރު ކައިރި ކައިރީގައި ފަޔާއިފައި އަދި ކޮނޑާއި ކޮނޑު ޖައްސައިގެން ތިބުމަށް ކީރިތި މާތް ރަސޫލާ (صَلَّى اللّٰهُ عَلَيْهِ وَسَلَّمَ) އަމުރު ކުރަށްވާފައިވާކަމަށް ވެސް ޑރ. އިޔާޒު ވިދާޅުވިއެވެ. ޑރ. އިޔާޒް އިތުރަށް ވިދާޅުވީ މާތްވެގެންވާ މައްކާގެ ޙަރަމްފުޅުގައި ގައިދުރުކޮށް ޖަމާޢަތުގެ ނަމާދުތައް ގައިދުރުކޮށް ކުރުމަކީ ރާއްޖޭގައި އެކަން އެގޮތަށް ކުރުން އޮތް ޙުއްޖަތެއް ނޫން ކަމަށެވެ.
ނަމަވެސް ޑރ. އިޔާޒުގެ މިވާހަކައާ ރާއްޖޭގެ ބައެއް ދީނީ ޢިލްމްވެރިންނާއި ބައެއް ސިޔާސީ ބޭފުޅުންގެ ޚިޔާލު ތަފާތެވެ. މިކަމާ އެންމެ ފުށައަޅާ ޚިޔާލުފުޅެއް ފާޅުކުރަށްވާފައިވާ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ދީނީ ޢިލްމްވެރިޔާ، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ ރާއްޖޭގައި އޮތް ކޯވިޑް-19 ގެ ނުރައްކާތެރި ޙާލަތަށް ވިސްނައި، ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކުރުން މުހިންމު ކަމަށެވެ. އަދި ތިމާގެ ފުރާނައާއި ނަފްސު ރައްކާތެރި ކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ޞިއްޙީމާހިރުން ލަފާދޭ ފިޔަވަޅުތައް އެޅުން ލާޒިމް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

Covid ge nurakkaa enme boduve mulhi Raajje lockdown gai oiy iru @mvpeoplesmajlis gai gai dhurukan oiy varu nikan ballavaa @KerafaNaseem. Miee miskiy nama Hukum thafaathu vees dheththo? pic.twitter.com/DXDfk7RyMc
— Dr.Mohamed Iyaz (@dr_iyaz) February 26, 2021
ނަމަވެސް ޑރ. އިޔާޒުގެ މިވާހަކައާ ރާއްޖޭގެ ބައެއް ދީނީ ޢިލްމްވެރިންނާއި ބައެއް ސިޔާސީ ބޭފުޅުންގެ ޚިޔާލު ތަފާތެވެ. މިކަމާ އެންމެ ފުށައަޅާ ޚިޔާލުފުޅެއް ފާޅުކުރަށްވާފައިވާ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ދީނީ ޢިލްމްވެރިޔާ، ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލް ގައްޔޫމް ވިދާޅުވެފައި ވަނީ ރާއްޖޭގައި އޮތް ކޯވިޑް-19 ގެ ނުރައްކާތެރި ޙާލަތަށް ވިސްނައި، ޖަމާޢަތުގައި ނަމާދުކުރާއިރު ގައިދުރުކުރުން މުހިންމު ކަމަށެވެ. އަދި ތިމާގެ ފުރާނައާއި ނަފްސު ރައްކާތެރި ކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ޞިއްޙީމާހިރުން ލަފާދޭ ފިޔަވަޅުތައް އެޅުން ލާޒިމް ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު