އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު
އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު
އިންޑިޔާއަށް ދިއުމަށް ބޭނުންވާ ވިސާ ހޯދުމަށް މިހާރަށްވުރެއް ލުއިގޮތެއް ހޯދައި ދިނުމުގެ ގޮތުން ވިސާއަށް އެދޭ ފަރާތްތަކުން ކިޔޫ ހެދުމުގެ ބަދަލުގައި އެޕޮއިންޓްމެންޓް ހެދުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އެދެފިއެވެ.

ވިސާއަށް އެދޭ ފަރާތްތަކުން އެޕޮއިންޓްމެންޓް ހެދުމަށް އިލްތިމާސްކޮށްފައިވަނީ ވިސާ އަށް އެދި ފޯމު ހުށަހެޅުމަށް ނަމްބަރު ދޫކުރާ ނިޒާމު ރަނގަޅުކުރެވެންދެން ވަގުތީގޮތުން ކަމަށް އިންޑިޔާ ހައިކޮމިޝަނުން ވަނީ ބުނެފައެވެ. މިގޮތުން އެޕޮއިންޓްމެންޓް ހެދުމުން ކޮންމެ މީހަކަށް ދޫކުރެވޭ ހާއްސަ ވަކިވަގުތެއްގައި އިންޑިއާ ހައިކޮމިޝަނަށް ހާޒިރުވާއިރު، ވިސާ އަށް އެދި ފޯމު ހުށަހެޅުމަށް ބޭނުންވާނޭ ހުރިހާ ލިޔެކިޔުންތަކެއް ގެނައުމަށް އެކޮމިޝަނުން ވަނީ އެދިފައެވެ.

މިގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް، އިންޑިޔާ ހައިކޮމިޝަނުގެ ހޮޓްލައިން ނަމްބަރު 7563947، މެދުވެރިކޮށް އެޕޮއިންޓްމެންޓް ހެދޭނެކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.



އިންޑިއާ ހައިކޮމިޝަނުން ބުނީ ވިސާ އެޕްލިކޭޝަން ސިސްޓަމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށް އަލުން ޚިދުމަތް ފަށައިގަތުމަށް ދެތިން ދުވަސް ނަގާނެ ކަމަށެވެ.

ރާއްޖެއިން އިންޑިއާއަށް ބޭސްފަރުވާގެ ބޭނުމަށް ދަތުރުކުރުމަށް ބޭނުންވާ ފަރާތްތަކަށް ވިސާ ނަންބަރު ދޫކުރުމުގައި ބޭނުންކުރާ އޮންލައިން ސިސްޓަމްގައި މައްސަލަޖެހުމާއެކު އެޚިދުމަތަށް ވަނީ ބުރޫއަރާފައެވެ. އަދި މީގެ ސަބަބުން އިންޑިޔާ ހައިކޮމިޝަން ކުރިމަތީގައި ކޮންމެ ދުވަހަކު ނަންބަރު ހޯދުމަށް އެތައް ގަޑިއިރެއް ވަންދެން ކިއޫގައި ތިބެން ޖެހޭކަން ގިނަބަޔަކު ވަނީ ފާޙަގަކޮށްފައެވެ. މިއާއެކު މިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި އިންޑިއާ ހައިކޮމިޝަނަށް ގޮވާލާފައެވެ.

އިންޑިޔާ ހައިކޮމިޝަނުން، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިހާތަނަށް 5،000 އަށްވުރެ ގިނަ މެޑިކަލް ވިސާ ދޫކޮށްފައިވެއެވެ. އަދި މިއަހަރު އެކަނިވެސް 2،000 އަށްވުރެ ގިނަ މެޑިކަލް ވިސާ ދޫކޮށްފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. މިހާރު ދިމާވެފައިވާ މައްސަލަ ޙައްލުކޮށް ވަރަށް އަވަހަށް ވިސާ ޓޯކަން ސިސްޓަމަށް ދާއިމީ ޙައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ހައިކޮމިޝަނުން ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން