ކޯވިޑް 19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއީ ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 61 ވަނަ މީހާއެވެ. އަދި މިއީ މިމަހު ނިޔާވި 9 ވަނަ މީހާއެވެ. ރާއްޖެއިން 61 މީހަކު ކޯވިޑް ޖެހިގެން ނިޔާވިއިރު، އޭގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި 8 ބިދޭސީންނެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އަދި އޭނާ ނިޔާވީ ރޭ 12:22 ހާއިރުކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދުވަނީ 19479 އަށް އަރާފައެވެ. އަދި ބަލިޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 17002 ގައެވެ. 2410 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު، 162 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ.

ކިޔުންތެރިންގެ ހިޔާލު