އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   27 ފެބްރުއަރީ 2021 - 14:45
ހުޅުމާލެ މަތިން ފެންނަ މަންޒަރެއް (ފޮޓޯ- ސޯޝަލް މީޑިއާ)
ހުޅުމާލެ މަތިން ފެންނަ މަންޒަރެއް (ފޮޓޯ- ސޯޝަލް މީޑިއާ)
ހުޅުމާލޭގައި މަރުވެފައި އޮތް ބިދޭސީއަކު މިއަދު ފެނިއްޖެއެވެ.

ފުލުހުންބުނީ ހުޅުމާލޭގައި ބިދޭސީ އަކު މަރުވެފައި އޮއްވާ ފެނުނު ކަމުގެ ރިޕޯޓް މިއަދު 7:31 ހާ ކަންހާ އިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މަރުވެފަައިވަނީ އުމުރުން 40 އަހަރުގެ ބިދޭސީ އެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުންބުނީ އެމީހާ މަރުވެފައި އޮއްވާ ފެނުނީ ކޮންސްޓްރަކްޝަން ސައިޓެއްގެ ތެރެއިން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން