އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   27 ފެބްރުއަރީ 2021 - 16:4
އިއްޔެ އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން މީހަކު ހައްޔަރަށް ގެންދަނީ
އިއްޔެ އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުން މީހަކު ހައްޔަރަށް ގެންދަނީ
ޕީޕީއެމް/ ޕީއެންޗީ އިއްތިހާދުން އިއްޔެ ކުރިޔަށް ގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި 30 މީހުން ރޭގޭ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ހައްޔަރުކުރި 30 މީހުންގެ ތެރެއިން 3 މީހުން ފިޔަވައި އެހެންމީހުން ދޫކޮށްލާފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާތީ ޖޫރިމަނާ ކުރުމަށްފަހުގައި ކަމަށެވެ.

މުޒާހަރާ ފެށުމުގެ ކުރިންވެސް ފުލުހުން ވަނީ މުޒާހަރާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި ހޯމް މިނިސްޓްރީންވެސް ވަނީ އެޗްޕީއޭގެ ގައިޑްލައިނަށް ތަބާވުމަށް ޕީޕީއެމަށް އިލްތިމާސްކޮށްފައެވެ.

އިއްޔެ ފުލުހުން ވަނީ މުޒާހަރަ ފެށުމުގެ ކުރިން ޕީޕީއެމް ގެ އޮފީހުގެ ދޮރުމަތި ބަންދުކޮށް އެތަނުން ވެސް ބަޔަކު ހައްޔަރުކޮށްފައެވެ.

އިއްޔެ މުޒާހަރާގެ ކުރިންނާއި މުޒާހަރާއިން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އާއި، ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫނާއި، ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހިމެނެއެވެ.

މުޒާހަރާ ފެށުމުގެ ކުރިން ފުލުހުންވަނީ ކާނަލް ނަޝީދާއި، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ވެސް ހައްޔަރުކޮށްފައެވެ. މީގެއިތުރުން ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޝާހިދާއި، ފެނަކައިގެ ކުރީގެ އެމްޑީ ނިމާލްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ފުލުހުން ވަނީ ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް، ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.

މާލެ ސަރަހައްދުގައި އެއްވެ އުޅުން މަނާކޮށް އެޗްޕީއޭއިން ވަނީ، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން