އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   27 ފެބްރުއަރީ 2021 - 16:18
މް މިނިސްޓަރ ޢިމްރާން ޢަބްދުﷲ
މް މިނިސްޓަރ ޢިމްރާން ޢަބްދުﷲ
ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ސަރުކާރުން ފުރުޞަތު ދޭނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ފުރުޞަތު އޮންނާނެކަމަށެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާތަކަށް ސަރުކާރާއި ފުލުހުން ހުރަސްއަޅާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި މުޒާހަރާތައް ނުބޭއްވުމަށް ހޯމް މިނިސްޓްރީއާއި ފުލުހުން އިލްތިމާސްކޮށްފައިވަނިކޮށް އިދިކޮޅުން ވަނީ އިއްޔެ ވެސް މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރިއަށް ގެންގޮސްފައެވެ. އެ މުޒާހަރާގެ ތެރެއިން އެޕާޓީގެ އިސްވެރިން ހިމެނޭހެން 30 ފަރާތެއް ހައްޔަރު ކުރުމަށްފަހު ރޭގައި ވަނީ ދޫކޮށްލާފައެވެ. ފުލުހުންނާއި ސަރުކާރުން ބުނަނީ އިދިކޮޅުން މުޒާހަރާ ކުރަނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ކަމަށެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާ މިންވަރަށް ބެލުމަށްފަހު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މާލެ ސަރަހައްދުގެ މަގުމައްޗާއި އާންމު ތަންތަނުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.

މާލޭގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުން އަންނައިރު، އެ މުޒާހަރާތަކުގައި ގައިދުރުކަމެއް ނެތި، ޞިއްހީ ބޭފުޅުން ދެއްވާފައިވާ އިރުޝާދުތަކާއި ޚިލާފަށް އަމަލުކުރަމުންދާ ކަމަށްބުނެ ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ އެކަން ކުށްވެރިކޮށް ކަނބޮޑުވުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު