އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   28 ފެބްރުއަރީ 2021 - 14:23
ކޮވިޑް ބަލީގައި މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން.
ކޮވިޑް ބަލީގައި މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން.
ކޮވިޑް ޖެހިގެން އަނެއްކާވެސް ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ އެވެ.

ކޮވިޑްގައި މިއަދު ނިޔާވީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއީ މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 62 ވަނަ މީހާ އެވެ. އަދި ބަލީގައި މި މަހު މިހާތަނަށް މަރުވި 10 ވަނަ މީހާ އެވެ.

އެޗްޕީއޭ އިން ބުނީ އެމީހާ މަރުވެފައިވަނީ ރޭ ފަތިހު 5:06 ހާއިރު ކަމަށެވެ. އެމީހާ މަރުވީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހިފައިވާ 2،397 މީހުން އެބަތިއްބެވެ. މީގެތެރޭގައި އިއްޔެ ޕޮޒިޓިވްވި 118 މީހަކު ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން