2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި، ރާއްޖެއިން ބޭރުން އައި އޮބްޒާވަރުންނަށް އިލެކްޝަންސް ކޮމިޝަންގެ ބަޖެޓުން އިއުލާނުކުރުމަކާ ނުލައި 1.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެ ކޮމިޝަންގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖެއިން ބޭރުން ވަޑައިގެންނެވި ފަރާތްތަކުގެ، ހުރުމާއި ކެއުން އަދި އެބޭފުޅުންނަށް އޮފިޝަލް ޑިނަރއެއް ދިނުމަށް ޖުމްލަ 1،308،777ރ. (އެއް މިލިއަން ތިންލައްކަ އަށްހާސް ހަތްސަތޭކަ ހަތް ރުފިޔާ) ހަރަދުކޮށްފައިވާއިރު އެކަން ކޮށްފައިވަނީ އިއުލާނު ކުރުމެއް ނެތި ކަމަށެވެ. އަދި އެފަދަ ތަންތަނުން ހޯދާފައިވާ ހިދުމަތްތަކާއި އަގު އެނގޭނެ ލިޔެކިޔުމެއް އޮޑިޓަރުންނަށް ލިބިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

14 ޖޫން 2018 ގައި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނެވުނު ފުރަތަމަ އިސްލާހުގައި އެ ގަވާއިދުގެ 8.19 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ އޮފީހަކަށް ޒިޔާރަތްކުރާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިއްޒަތްތެރިންނަށް އެ އޮފީހެއްގެ އެންމެ އިސްވެރިންގެ ފަރާތުން ރިސެޕްޝަނެއް ފަދަ ކަމެއް ކުރަންވާނީ އެކަމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހުރެގެން ކަމަށެވެ. އަދި އެކަން ކުރަންވާނީ ދައުލަތުގެ ޕްރޮކިއުމެންޓް އުސޫލާ އެއްގޮތަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.31 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޕްރޮކިއުމެންޓެއްގެ އަގު 35،000 ރުފިޔާއަށްވުރެ އިތުރުވާނަމަ އާންމުކޮށް އިއުލާންކުރަންވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން