ރާއްޖެއަކުން އިސްލާހުގެ މަގަށް އެޅުވޭނީ ބޭރުގެ ގައުމުތަކަށް ދަރާފައި ނުވާ ގައުމުގެ ޒުވާނުން ނުކުމެގެން ކަމަށް ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

"ރާއްޖޭގެ ސިޔާސީ މައިދާނަށް ވަރުގަދަ ސިޔާސީ އިސްލާހީ މޫވްމެންޓެއް އުފަންވަނީ،" މި ސުރުހީގެ ދަށުން "ރަސް އޮންލައިން"ގައި ލިޔެފައިވާ ޚަބަރަކަށް ބާރު ދެއްވައި އދ.ގެ ސްޕެޝަލް ރެޕެޓުއާގެ މަގާމުގައި މިހާރު ހުންނެވި ޑރ. ޝަހީދު ވިދާޅުވެފައިވަނީ ރާއްޖެއަލުން އިސްލާހުގެ މަގަށް އެޅުވޭނީ ބޭރުގެ ޤައުމުތަކަށް ދަރާފައިނުވާ އުމުރުން 40 އަހަރުން ދަށުގެ ޒުވާނުން ތަކެއް ނުކުމެގެން ކަމަށެވެ.

ރާއްޖޭގައި ސިޔާސީ އިސްލާހީ މަސައްކަތްތަކެއް ކުރުމަށް ވަރަށް އަވަހަށް ވަރަށް ވަރުގަދަ ސިޔާސީ މޫވްމެންޓެއް އުފަންވާން އުޅޭ ކަމުގެ މައުލޫމާތު "ރަސް އޮންލައިން" އަށް ވަރަށް އިތުބާރުހުރި މަސްދަރަކުން ވަނީ ލިބިފައެވެ. މި މޫވްމަންޓުގައި ހިމެނިވަޑައިގަންނަވާ ކަމަށް އެޚަބަރުގައި ބުނެފައިވާ ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫންވެސް ވަނީ "ރަސް އޮންލައިން" ގެ އެ ޚަބަރު ޓްވީޓް ކުރަށްވާފައެވެ. އެކަމަނާ އެއްވެސް ކޮމެންޓަކާއި ނުލައި އެޚަބަރު ޓްވީޓް ކުރެއްވި ނަމަވެސް އެކަމަނާގެ އެޓްވީޓަކީ އެއީ ހަގީގަތެއް އޮތް ވާހަކައެއްކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމުގެ ހެއްކެއް ކަމުގައި ގަބޫލުކުރެވެއެވެ.

އެ ޚަބަރަށް އިޝާރާތް ކުރައްވައި ޑރ. ޝަހީދު ކުރަށްވާފައިވާ ޓްވީޓްގައި ރާއްޖެ އިސްލާހުގެ މަގަށް އަލުން އަޅުވަން ޒުވާނުން ނުކުންނަން ވެއްޖެ ކަމަށް ވިދާޅުވީ ވަރަށް އިހުލާސްތެރި ނިޔަތަކާއެކު ކަމުގައި ވިދާޅުވެފައި ވެއެވެ.

"ވަރަށް އިހުތިރާމާއެކު ދަންނަވަން. ރާއްޖެ އަލުން އިސްލާހުގެ މަގަށް އެޅުވޭނީ ބޭރުގެ ގައުމުތަކަށް ދަރާފައި ނުވާ އުމުރުން 40ގެ ތިރީގެ ޒުވާނުން ތަކެއް ނުކުމެގެން." އެމްޑީޕީ ސަރުކާރުގައި ވެސް އިސް ދައުރެއް އަދާ ކުރެއްވި ޑރ. ޝަހީދު ވިދާޅުވެފައި ވެއެވެ.



ޑރ. ޝަހީދަކީ ރައީސް މައުމޫންގެ އިސްލާހީ މަސައްކަތްތަކުގައި ވަރަށް ޒުވާން ދުވަސް ވަރު އެންމެ ކުރީ ސަފަށް ނުކުމެ ވަޑައިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރައީސް މައުމޫންގެ ސިޔާސީ އިސްލާހީ މަސައްކަތް ތަކުގައި ބޭރުގެ ސަރުކާރު ތަކާއި ޑިޕްލޮމެޓުންނާ އަދި ބައިނަލްއަޤްވާނީ މީޑިއާތަކާއި މުއާމަލާތް ކުރަށްވައި އެފަރާތްތަކަށް ޖަވާބުދާރީވެވަޑައިގެން އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ވެސް ޑރ. ޝަހީދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން