އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   28 ފެބްރުއަރީ 2021 - 17:45
ޑރ. ވަހީދު އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމެއްގައި
ޑރ. ވަހީދު އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމެއްގައި
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީށް ޔާމީނަށް ވާދަ ނުކުރެވޭނަމަ އެންމެ ރަނގަޅުގޮތަކީ އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވުންކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ވަހީދު ވިދާޅުވީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވިއްޖެ ހާލަތެއްގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީޕީއެމާއި ޕީއެންސީން އެ މަނިކުފާނު ބަލައިގެންފި ނަމަ އިންތިޚާބަށް ނުކުމެވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

އެ ޕްރޮގްރާމްގައި އިންތިޚާބުން ޔާމީނަށް ފުރުސަތު އޮތް ކަމަށް ގަބޫލުކުރައްވަނީ ކިހާ ވަރަކަށްތޯ ޕްރެޒެންޓަރު އެހުމުން ޑރ. ވަހީދު ވިދާޅުވީ "އަޅުގަނޑުމެންގެ ޕާޓީން ގަބޫލުކުރަނީ އެ މަނިކުފާނަށް އެ ފުރުސަތު އެބަ އޮތް ކަމަށް" ކަމަށެވެ.

އިންތިޚާބު ކައިރިވެ ރައީސް ޔާމީނަށް ވާދަނުކުރެއްވިއްޖެ ނަމަ ޕާޓީގައި ޕްރައިމަރީއެއް ބާއްވައި ޕާޓީގެ ކައުންސިލުން ގޮތެއް ނިންމަވާނެ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

"ނަމަވެސް އަޅުގަނޑު މިހުރީ ވެވުނު ގޮތަކަށް ގައުމަށް ޚިދުމަތް ކުރުމަށް ތައްޔާރަށް،" ޑރ. ވަހީދު ވިދާޅުވި އެވެ.

އަދި ގައުމަށް އެންމެ ރަނގަޅު ގޮތަކީ އެ މަނިކުފާނު ވާދަކުރެއްވުން ކަމަށް ޕާޓީން ގަބޫލުކުރާ ނަމަ އެ ގޮތުގައި ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީއާއި އިންތިޚާބާބެހޭ ގާނޫނުތައް ބުނާ ގޮތުން 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަކަށް ވާދައެއް ނުކުރެއްވޭނެއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ރައީސް ޔާމިންގެ ވެރިކަމުގައި ގެނަސްފައިވާ އިސްލާހެއްގެ ސަބަބުން އިދިކޮޅު ލީޑަރަށް ވުމުގެ ފުރުސަތުވެސް އެމަނިކުފާނަށް ވަނީ ގެއްލިފައެވެ.

އދ. ގައި ގިނަ ދުވަސް ތަކެއް ވަންދެން ޚިދުމަތް ކުރަށްވާފައިވާ ޑރ. ވަހީދަކީ ރައީސް މުޙައްމަދު ނަޝީދުގެ ނާއިބްރައީސެވެ. އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންނެވީ ރައީސް ނަޝީދު ތިން އަހަރާއި ދުވަސް ކޮޅަކު ވެރިކަން ކުރެއްވުމަށްފަހު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ އިދިކޮޅު ހަރަކާތްތަކުގެ ތެރޭގައި ރައީސް ކަމުން އިސްތިއުފާ ދެއްވުމުންނެވެ. ރައީސް ނަޝީދާއި އެމްޑީޕީންވެސް މިހާދިސާ ސިފަކުރަނީ ބާޣާވާތެއްގެ ގޮތުގައެވެ. އަދި މި ބަޣާވާތުގައި އިސްކޮށް ހުންނެވީ ޑރ. ވަހީދު ކަމަށް އެމްޑީޕީގެ އިސް ފަރާތްތަކުންނާއި އެޕާޓީގެ އެކްޓިވިސްޓުން ބުނަމުން ދިޔަ ނަމަވެސް ޑރ. ވަހީދު ރޭވެސް ވިދާޅުވީ އިދިކޮޅުގެ އެހަރަކާތްތަކުގައި އެމަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމުން ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ ގާނޫނުގައި އޮންނަ ގޮތުގެ މަތީން ކަމަށް އެމަނިކުފާނު ރޭގައި ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގަނައުމަށް ބަޣާވާތް ކުރި ކަމަށް އެމްޑީޕީއާއި ރައީސް ނަޝީދު ތުހުމަތު ކުރަށްވާ އެންމެ އިސް ބޭފުޅުން މިހާރު ތިއްބެވީ އެމްޑީޕީ އިސްވެ އޮވެ ހިންގާ މިހާރުގެ ސަރުކާރު ކޯލިޝަންގެ ބައިވެރިންގެ ގޮތުގައެވެ. އަދި މިހާރުގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާނަކީ އޭރުގެ އިދިކޮޅު ހަރަކާތްތައް ލީޑް ކުރަށްވަމުން ގެންދެވި އެންމެ އިސް އިދިކޮޅު ލީޑަރެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޤާދިރު

02-Mar-2021

ސުރުޚީއާ ލިޔެފައި އޮތް އެއްޗަކާ ދިމައެއް ނުވޭ


6

ޤާދިރު

02-Mar-2021

ސުރުޚީއާ ލިޔެފައި އޮތް އެއްޗަކާ ދިމައެއް ނުވޭ


3

އމމ

02-Mar-2021

އަނެކާ އަށް ދެރަ ދިނުމަށް ކުރާ ކަމަކުން ތިމާއަށްވެސް އެކަމުގެ ދެރަލިބެޔތަން އާދޭތާ



ޓްރެންޑިން