މަސްވެރިން ބާނާ މަސްކޮޅު ހަމަ އަގުގައި ބަރާބަރަށް ގަތުމުގައި ފެއިލްވެފައިވާ ކަމަށް ގިނަ މަސްވެރިން ބުނާ މިފްކޯއިން މިއަހަރުގެ މިހާތަނަށް 172 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މަސްވެރިންގެ އަތުން 6179 މެޓްރިކް ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 93 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށާ އަދި ފެބްރުއަރީމަހު 5106 މެޓްރިކް ޓަނުގެ މަސްގަނެ މަސްވެރިންނަށް 79 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. އެހެންކަމުން އަހަރުގެ މިހާތަނަށް މިފްކޯއިން 11285 މެޓްރިކް ޓަނުގެ މަސްގަނެ މަސްވެރިންނަށް 172 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ.

މިފްކޯއިން ކުރިން މަސްގަންނަމުން ދިޔަ ކޮންޓްރޯލް އަގު ދޫކޮށްލައި މަސްގަންނަ އަގު ދަށްކޮށްފައިވާއިރު މިވަގުތު މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ ކިލޯއެއް 16 ރުފިޔާއަށެވެ.

މިދިޔަ އަހަރު މިފްކޯއިން ވަނީ މަސްވެރިންގެ އަތުން 47000 އަށްވުރެ ގިނަ ޓަނުގެ މަސްގަނެ 845 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ކަމަށް ބުނެއެވެ.

ސަރުކާރުގެ މަސްވެތިކަމުވެ ވަޢުދު ފުއްދައި ދިނުމުގައި މިފްކޯ ވަނީ ބޮޑުތަނުން ފެއިލްވެފައި ކަމަށް ބުނެ މަސްވެރިން ވަނީ މިފްކޯއިން ހިންގާ މަސް ކާރުޚާނާ ފެލިވަރުގައި މުޒާހަރާކޮށްފައެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން