އެމްޑީޕީގެ ކުރީގެ ރައީސް، އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ، ޑރ. އިބްރާހީމް ދީދީ.
އެމްޑީޕީގެ ކުރީގެ ރައީސް، އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ، ޑރ. އިބްރާހީމް ދީދީ.
ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ޖެހޭނެކަމަށް އެމްޑީޕީގެ ކުރީގެ ރައީސް، އަދި ކުރީގެ ފިޝަރީޒް މިނިސްޓަރ، ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ ކޭސްތައް ގިނަވަމުން ދިޔުމާއެކު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. މިގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި ބެހޭގޮތުން ރާއްޖޭގެ ދީނީ އިލްމުވެރިންގެ ހިޔާލުހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ވަނީ މައުލޫމާތު ލިބިފައިވެއެވެ.

އިސްލާމް ދީނުގެ ޢިމްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެފައިވާ މިމައްސަލައިގައި އެމްޑީޕީގެ ކުރީގެ ރައީސް، ޑރ. ޑީޑީ ވިދާޅުވެފައިވަނީ ރާއްޖޭގައި ކޮވިޑު ކޮންޓްރޯލް ނުކުރެވޭ މައިގަނޑު ސަބަބަކީ އެއްވުންތައް ނުހުއްޓުވާތީ ކަމަށެވެ. މިގޮތުން ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ސްކޫލްތަކާއި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި، ޖިމްތައް ބަންދުކޮށް، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަން ޖެހޭނެކަމަށް ޑރ. ޑީޑީ ވަނީ ވިދާޅުވެފައެވެ.

"މާލެ އޭރިޔާގައި ކޮވިޑް-19 ކޮމިއުނިޓީ ސްޕްރެޑް ކޮންޓްރޯލް ނުކުރެވޭ މައިގަނޑު ސަބަބަކީ އެއްވުންތައް އެޗްޕީއޭއިން ކޮންޓްރޯލް ނުކުރާތީ. ސްކޫލްތަކާއި، ކެފޭ، ރެސްޓޯރަންޓް، ޖިމް ތައް އަދި މިސްކިތްތަކުގެ ޖަމާއަތްތައް ހުއްޓާލަން ޖެހޭ." ޑރ. ޑީޑީ ވިދާޅުވިއެވެ.



މިސްކިތްތަކުގެ ޖަމާއަތްތައް ހެދުން ހުއްޓާލުމާއި ބެހޭގޮތުން ދީނީ އިލްމުވެރިންނާއި ކަމާބެހޭ ފަރާތްތަކާއި ބައެއް އާންމުނާ ދެމެދު ހިޔާލު ތަފާތުވުން އުފެދި ބަހުގެ ހަމަލާ ތަކެއް އަންނަނީ ބަދަލު ކުރެވެމުންނެވެ. މިކަމާއި ބެހޭގޮތުން ގިނަ ދީނީ އިލްމުވެރިން ވިދާޅުވަނީ ހަމައެކަނި މިސްކިތްތަކުގައި ނަމާދުކުރުމަށް ހެދޭ ރަސްމީ ޖަމާއަތްތައް ހެދުން ހުއްޓާލައިގެން ކޮވިޑް ކޮންޓްރޯލް ނުކުރެވޭނެކަމަށެވެ.

އަދި މިސްކިތްތަކުގައި ނަމާދުކުރުމަށް ހެދޭ ރަސްމީ ޖަމާއަތްތައް ހެދުން ހުއްޓާލަން ޖެހޭނީ ލޮކްޑައުންއަކަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަނި ކަމަށް އެފަދަ ބައެއް ދީނީ ޢިލްމްވެރިން ވިދާޅުވެއެވެ. މީގެއިތުރުން މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓުވައިފިނަމަ މީސްތަކުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފްރަތު އުފެދި، ސަރުކާރުން އުޅެނީ ދީނީ ޝިޢާރުތަކަށް ހުރަސް އަޅަންކަމަށް ތުހުމަތު ކުރެވޭނެ ކަމަށް ބައެއް ދީނީ އިލްމުވެރިން ވަނީ ލަފާކޮށްފައެވެ.

މިމައްސަލައިގައި ވާހަކަ ދައްކަވަމުން އިސްލާމް ދީނުގެ ޢިލްމްވެރިޔާ އަލީ ޒާހިރު ބިން ސަޢީދު ވިދާޅުވީ ރައްކާތެރި ކަމާއެކު މުހިއްމު އެހެން ކަންކަންވެސް ދަނީ ކުރިއަށް ކަމަށާއި ޖަމާޢަތުގެ ނަމާދަކީ މާސްކު އަޅައިގެން މީހަކާ ވާހަކަ ނުދައްކާ ކުރިއަށްދާ ކުޑަކުޑަ ވަގުތުކޮޅެއް ކަމަށެވެ.

"ޖަމާޢަތުގެ ނަމާދަކީ މާސްކު އަޅައިގެން މީހަކާ ވާހަކަ ނުދައްކާ ކުރިއަށްދާ ކުޑަކުޑަ ވަގުތުކޮޅެކެވެ. ދީނީ ޝިޢާރެކެވެ. މުޖްތަމަޢުގައި ކަންކަން ހުރި ގޮތަށް ބަލާއިރު ޖަމާޢްތުގެ ނަމާދު މިވަގުތު ހުއްޓާލުމުގެ މާނައެއް ނެތެވެ." ޝައިޚް އަލީ ޒާހިރު ވިދާޅުވިއެވެ.

މިސްކިތުގައި ނަމާދުގެ ޖަމާއަތް ހެދުން ހުއްޓާލުމަށް ބައެއް ދީނީ ޢިލްމްވެރިން ދެކޮޅު ހައްދަވާފައިވާއިރު އެފަދަ ބައެއް ބޭފުޅުންވަނީ ގައިދުރުކޮށްގެން ޖަމާއަތް ހެދުމާވެސް ދެކޮޅު ހައްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ސާފު

02-Mar-2021

ކޮންތާކުން ވަގަށް ކިޔަވައިގެންއައި ރޯނުއެދުރެއް. ކަލޭ ނުދިޔައިމަ ނިމުނީއެއްނު. ބުރާންތިވެގެން ތިތެޅެނީ ކޮންކަމަކާތަ?


2

ޏުބުނާނަން

02-Mar-2021

ކަލޭ ފޯކޭ ކިޔާބެޔަ ކުއްތާޔާ.



ޓްރެންޑިން