މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޔޭޝަންގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފަ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޔޭޝަންގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފަ.
ކޮވިޑް ކޭސް އަކާއި ގުޅިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޔޭޝަން ބަންދުކޮށް، އެމިނިސްޓްރީގެ ޚިދުމަތްތައް ވަގުތީގޮތުން މިއަދު މެދުކަނޑާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ރަސް އޮންލައިން އަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދެއްވިގޮތުގައި ކޮވިޑް ކޭސް އަކާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީ ވަގުތީގޮތުން ބަންދުކޮށްފައިވަނީ އެމިނިސްޓްރީ ޑިސްއިންފެކްޓް ކުރުމަށެވެ. ނަމަވެސް މިކަމާއި ބެހޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން، އެޗްއީއޯސީ އަކުންވެސް ބަހެއް ލިބިިފައެއް ނުވެއެވެ.

މާލެ ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް އިތުރުވަމުންދިއުމާއެކު އެޗްޕީއޭއިންވަނީ ރައްކާތެެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިގޮތުން، އެޗްޕީއޭއިން ވަނީ އޮފީސްތަކައް ގިނަބަޔަކު ހާޒިރުވެގެން މަސައްކަތްކުރުމަކީ ރައްކާތެރި ގޮތެއް ނޫން ކަމުގައި ބުނެފައެވެ.

ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް ގޭގައި ކުރުމަށް ރާއްޖޭގެ ރައީސް، އިބްރާހީމް މުހައްމަދު ސޯލިޙް މީގެކުރިން އިލްތިމާސް ކުރަށްވާފައި ވީ ނަމަވެސް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން ދަނީ ޚިދުމަތްދެމުންނެވެ. ސަރުކާރު އޮފީސް ތަކުގެ އިތުރުން އަމިއްލަ އޮފީސްތައްވެސް ބަންދު ނުކޮށް ޚިދުމަތް ދެމުންދާކަން ފާހަގަ ކުރެވެއެވެ. އެޗްއީއޯސީ އިން މީގެކުރިން ހިއްސާ ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ކޮވިޑް ފެތުރުމުގައި އެންމެ ބޮޑެތި ކްލަސްޓާތައް ފާހަގަވެފައިވާ އެއްތަނަކީ އޮފީސް މާހައުލުތަކެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޝާޝާ

02-Mar-2021

ޓަރާންސްޕޯޓުން ދެނީ އެމީހުން ބޭނުންވާ ޚިދުމަތެއް, ތިއަރީ ޓެސްޓު އަދި ޑްރައިވިން ޓެސްޓުގެ ޚިދުމަތައް ނުލެވޭތާ 1 މަސް ދުވަސްވީ ވެއްޖެ!



ޓްރެންޑިން