ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް.
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް.
މިސްކިތަށް ދާމީހުންގެ ފަރާތުން ކޮވިޑު ފެތުރޭކަމަކަށް އެޗްޕީއޭގެ އެއްވެސް ދިރާސާއަކުން ނުދައްކާކަމަށް އިސްލާމް ދީނުގެ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ ތިން ވަނަ ރާޅާއެކު، ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު ގިނަވުމާއެކު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. މިހާލަތުގައި މިސްކިތްތަކުގައި ގައިދުރުކަން އިސްނުކޮށް ޖަމާއަތް ހެދުމުގެ ސަބަބުން ކޮވިޑް ފެތުރުން އިތުރު ވެދާނެކަމުގެ ބިރުހީވުމުގެ ވާހަކައާއެކު ސަރުކާރުން އަންނަނީ މިކަމާއި ބެހޭގޮތުން ދީނީ އިލްމުވެރިންގެ ހިޔާލުވެސް ހޯދަމުންނެވެ.

އަދި މިކަމާއި ބެހޭގޮތުން ގިނަ އިލްމުވެރިންނާއި އާންމުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ދީނީ އިލްމުވެރިޔާ، ޑރ. އިޔާޒު ވިދާޅު ވަނީ މިސްކިތަށް ދާމީހުންގެ ފަރާތުން ކޮވިޑު ފެތުރޭކަމަކަށް އެޗްޕީއޭގެ އެއްވެސް ރިސާޗަކުން ނުދައްކާ ހިނދު މިސްކިތުގައި ޖަމާއަތް ހެދުން ހުއްޓާލަން ނުބުނެވޭނެކަމަށެވެ. މިސްކިތުން ކޮވިޑު ފެތުރޭކަން ދައްކައިދިނުމަށް މިސްކިތްތަކުން ރޭންޑަމް ސާމްޕަލް ނެގުމަށްވެސް އިޔާޒް ވަނީ ގޮވާލައްވާފައެވެ.

މިސްކިތްތަކުން ކޮވިޑް ފެތުރޭކަން އެޗްޕީއޭގެ އެއްވެސް ދިރާސާއަކުން ނުދައްކާ ކަމަށް އިޔާޒު ވިދާޅުވީ އެ އިދާރާއިން އާންމުކުރި ކޮން ދިރާސާއަކަށް ބިނާކޮށް ކަމެއް ނޭނގެއެވެ. އަދި ޑރ. އިޔާޒުވެސް އެ ދިރާސާއެއް ވިދާޅުވެފައެއް ނުވެއެވެ.

"މިސްކިތަށް އަރާމީހުންގެ ފަރާތުން ކޮވިޑް-19 ފެތުރޭ ކަމަށް އެޗްޕީއޭގެ އެއްވެސް ރިސާޗަކުން ފެންނަންްނެތް ހިނދު، ޖަމާއަތް ހުއްޓުވަން ނުވަތަ ގައިދުރުކޮށް ތިބެގެން ނަމާދުކުރަން ބުނާބުނުމަކީ ބާތިލް ބުނުމެއް. ކުޑަމިނުން މިސްކިތުން ފައިބާ މީހުންގެ ރޭންޑަމް ސާމްޕަލް ނަގައިގެން ޕްރޫފް ދައްކަވާ." ޑރ. އިޔާޒް ވިދާޅުވިއެވެ.



ހަމަ މިމައުޟޫގައި ވާހަކަ ދައްކަވަމުން އިސްލާމް ދީނުގެ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވަނީ މީގެ ކުރިން ކޮވިޑް ކޭސްތައް މަދުވެފައިވަނީވެސް މިސްކިތްތަކުގައި ގައިދުރުނުކޮށް ޖަމާއަތުގައި ނަމާދުކުރަނިކޮށެވެ. އަދި މިހާރު އަދަދުތައް މައްޗަށް ދިޔުމަކީ އާއަހަރާއި ގުޅުވައިގެން އެޗްޕީއޭއިން ނިންމެވި ގޯސް ނިންމުންތަކެއްގެ ނަތީޖާ ކަމަށާއި، އެކަމާއި މިސްކިތްތަކާއި ގުޅުމެއް ނެތްކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

"‏މާސްކު އެޅުމާއެކު މިސްކިތުގެ ސަފުތައް ކައިރީގައި ތިބެ ހަދަމުން ދަނިކޮށް ކޭސްތައް 16 ނޫނީ 17 އަށް ދަށްވީވެސް. މިއީ ނިއުއިޔާ އާއި ގުޅިގެން އެޗްޕީއޭއަށް ނިންމުނު ގޯސްނިންމުން ތަކެއްގެ ނަތީޖާކަމަށް އެއްބަޔަކު ބުނޭ. އަދި މިސްކިތާގުޅުމެއް ނެތްކަމަށްވެސް ބުނޭ." ޒައިދު ވިދާޅުވިއެވެ.

ޒައިދުގެ މިވާހަކަ ތަކަށް އެއްބަސްވެ ވަޑައިގެން ޑރ. އިޔާޒް ވަނީ އަމިއްލަ އަތުން ހެދުނު ގޯސް ފޫބައްދަން މިސްކިތާއި ކުޅެން އުޅެނީކަމަށް ބުނެ އެޗްޕީއޭއަށް ތުހުމަތު ތަކެއް ކުރަށްވާފައެވެ.



މިސްކިތުގައި ނަމާދުގެ ޖަމާއަތް ހެދުން ހުއްޓާލުމަށް ބައެއް ދީނީ ޢިލްމްވެރިން ދެކޮޅު ހައްދަވާފައިވާއިރު އެފަދަ ބައެއް ބޭފުޅުންވަނީ ގައިދުރުކޮށްގެން ޖަމާއަތް ހެދުމާވެސް ދެކޮޅު ހައްދަވާފައެވެ. މިގޮތުން ހަމައެކަނި މިސްކިތްތަކުގައި ނަމާދުކުރުމަށް ހެދޭ ރަސްމީ ޖަމާއަތްތައް ހެދުން ހުއްޓާލައިގެން ކޮވިޑް ކޮންޓްރޯލް ނުކުރެވޭނެކަމަށްވެސް އެފަދަ އިލްމުވެރިން ފާހަގަ ކުރައްވާފައިވެއެވެ. އަދި މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓުވައިފިނަމަ މީސްތަކުންގެ ހިތްތަކުގައި ސަރުކާރާމެދު ނަފްރަތު އުފެދި، ސަރުކާރުން އުޅެނީ ދީނީ ޝިޢާރުތަކަށް ހުރަސް އަޅަންކަމަށް ތުހުމަތު ކުރެވޭނެ ކަމަށް ބައެއް ދީނީ އިލްމުވެރިން ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޢަލީ

06-Mar-2021

ޜިސާޗުހެދީ އިޔާޒުތޯ?



ޓްރެންޑިން